ސާގު ނުވަތަ އިނގިރޭސި ބަހުން ކިޔާނަމަ "ސަގޯ" އަކީ ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ހުދު ކުލައިގައި ފުއްފުކަށް ވަށްކޮށް ހުންނަ ސާގުގައި ކާބޯ ހައިޑްރޭޓް ގިނަ އަދަދަކަށް ހިމެނެ އެވެ.

ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ފައިދާ ހުރި ކާއެއްޗެހި ބޭނުންކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެގޮތުން ސާގު ފަނި ނުވަތަ ސާގު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮންމެ ކެއުމަކީ ނުވަތަ ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭނެ އެއްޗެކެވެ.

ސާގުން ލިއްބައިދޭ ފައިދާތަކަށް ބަލާއިރު ސާގުގައި ވަރަށް ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް ހިމެނިފައިވުމުން މިއިން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ހަށިގަނޑަށް ފިނި ކަމާއި ތާޒާކަން ގެނުވައިދެ އެވެ.

ސާގަކީ ވަރަށް ފަސޭހައިން ހަޖަމް ވާ އެއްޗަކަށް ވުމުން ބަނޑަށް ދިމާވާ ތަފާތު މައްސަލަ ތަކުން ދުރު ކޮށްދެ އެވެ.

މިހުރިހާ ކަމެއްގެ ނަތީޖާ އަކަށް ވަނީ ހަށިގަނޑުން ބަރުދަން ލުއިވެ ސައްހަތު އިތުރަށް ރަނގަޅު ވުމެވެ.

100 ގްރާމްގެ ސާގުގައި 355 ކެލޮރީސް ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 94 ގްރާމްގެ ކާބޯހައިޑްރޭޓްސް، 05 ގްރާމްގެ ފައިބަރ، 0.2 ގްރާމް ޕްރޮޓީން އަދި 10 މިލި ގްރާމް ކެލްސިއަމް އެވެ.