މޫނުގައި ބިހި ނެގުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. ކޮންމެ އުމުރެއްގައި ވެސް މިކަން ދިމާވެދާނެ އެވެ. އެކަމަކު އެކަމަށް ފަރުވާ ކުރަން އެނގިއްޖެނަމަ އެއީ ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެގޮތުން ތިރީގައި މި ބަލާލަނީ މިކަމަށް އޮތް ވަރަށް ފަސޭހަ ހައްލަކަށެވެ.

އައިސް ކިއުބް ތެރަޕީ

މިއީ އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަމެވެ. މިކަން ކުރުމަށް މޫނުގައި ބިހި ނަގާފައި ހުރި ތަންތަނުގައި އައިސް ބޭނުންކޮށްގެން މަސާޖް ކުރާށެވެ. މިހެން ހެދުމުން އެ ބިހިތަކުގައި ފެންނަން ހުރި ރަތްލުކަ ގޮސް، ދުޅަވެފައި އިންނަ ބައި ތިރިވާނެ އެވެ. އަދި އެ ބިހި ތެރޭގައި ހުންނަ ޖަރާސީމުތައް ބޭރުވާނެ އެވެ.

މިގޮތަށް ބޭނުންކުރާއިރު އައިސް ކިއުބްތައް ފޮތިގަނޑެއްގެ ތެރެއަށް އަޅާފައި މޫނުގައި މަސާޖް ކުރާނީ އެވެ. ކޮންމެ ދުވަހަކުވެސް ދެތިން މިނެޓް ވަންދެން މިގޮތަށް ހެދިދާނެ އެވެ.

ދަތް އުނގުޅާ ބޭސް

މިއީވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ދަތް އުނގުޅަން ބޭނުންކުރާ ބޭސް ބިހިތަކުގެ މަތީގައި ހާކާށެވެ. ބޭހުގައި ބޭކިން ސޯޑާ އާއި ހައިޑްރޮޖެން ޕެރޮކްސައިޑް އެކުލެވިގެންވާއިރު، މީގެ ސަބަބުން މޫނުގެ ނަގާފައި ހުންނަ ބޮޑެތި ބިހި ވަރަށް ފަސޭހައިން ނައްތާލެވޭނެ އެވެ.

މިކަން ކުރުމަށް އެންމެ ރަނގަޅީ ރޭގަނޑު އެވެ. ރޭގަނޑު ހޭކުމަށްފަހު ހެނދުނު ހޭލާފައި މޫނު ދޮވެލާނީ އެވެ.