ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ދިރިއަކީ ދިވެހިންވެސް އާއްމު ކެއްކުމުގައި ގިނައިން ބޭނުންކުރާ އެއްޗެކެވެ. ހަވާދު އަޅައިގެން ކައްކާ ރިހަތަކުގެ ހަވާދުގަނޑު ތައްޔާރުކުރަން މި ބާވަތް ބޭނުންކުރެ އެވެ.

ހިމުންކޮށް މުގުރައިގެންޭނުނާއި އޭގެ އަސްލު ގޮތުގައި ދިރި ބޭނުން ކުރެވޭއިރު މިއީ އެތައް ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ އަދި އެތައް ފައިދާހުރި މާއްދާތަކަކުން މުއްސަނދިވެފައިވާ ކުޑަކުޑަ ބާވަތެކެވެ.

ޤަވާއިދުން ދިރިއާއި ގިނަ އަދަދަކަށް ދިރި ހިމެނޭ ބާވަތްތައް ބޭނުންކުރުން އެންމެ ރަނގަޅު އެއް ބަޔަކީ ގާތުން ދޭ މައިންނެވެ. ސަބަބަކީ މިއީ ކެލްސިއަމް އަދި ދަގަނޑުގެ ބައިން މުއްސަނދިވެފައިވާ ބާވަތަކަށްވާއިރު ތުއްތު ދަރިންނަށް މި ބާވަތްތައް ފޯރުމެވެ.

ހަމައެއާއެކު ދަގަނޑުގެ ބައި ގިނައިން އެކުލެވޭތީ ދިރިން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ރަނގަޅަށް ހަށިގަނޑުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެހީވެދެ އެވެ.

ދިރި އޮށުގައި ހިމެނޭ ބައެއް ސިފަތަކުގެ ސަބަބުން ކިޑްނީގެ ސިއްހަތަށް ފައިދާ ކުރެ އެވެ. އެގޮތުން ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދީ، އެގުނަވަނުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

އެއާއެކު ރޭގަނޑު ހަމަ ނިދި ނުލިބޭ ފަރާތްތަކަށްވެސް މިއީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. ދިރިއާއި ދޮންކެޔޮ އެއްކޮށްގެން ހަދާ ސަޔަކީ އިންސޮމްނިއާ އަށް އޮތް ހައްލެކެވެ.

މީގެއިތުރުން، މިއީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ އެއްޗަކަށް ވާއިރު ދިރިން ގިނަ އަދަދެއްގެ ބަލިތަކާ ދެކޮޅަށް މަސައްކަތް ކޮށްދެ އެވެ. ނޭވާ ހިއްލުން، އަރިދަފުސް ރޯގާ، ހުން އައުން އަދި ނޭވާލާ ނިޒާމަށް ޖެހޭ އެހެން ބަލިތަކުން ރައްކާތެރިވެ، ދުރުވުމަށް އަދި ފަރުވާއަކަށްވެސް މިއީ މޮޅު އެއްޗެކެވެ.

ދިރީގައި ހިމެނޭ އެންޓި-ކާސިނޮޖެނިކް ސިފަތަކުގެ ސަބަބުން ނުރައްކާތެރި ކެންސަރު ބަލިން ރައްކާތެރިވުމަށްވެސް އެހީވެދެ އެވެ. ހަމައެހެންމެ މީގައި އެކުލެވޭ ދަގަނޑުގެ ބައިގެ ސަބަބުން އެނީމިޔާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހި ކޮށްދެ އެވެ.

ދިރިއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދޭ އެއްޗެއްކަމުން އެއީ ހަކުރު ބަލި ހުންނަ މީހުންވެސް ބޭނު ންކުރަން ރަނގަޅު އެއްޗެއް ކަމަށް މާހިރުން ވިދާޅުވެ އެވެ. ހަމަ އެހެންމެ އަންހެނުންގެ މައްސަރު ކަންކަން ރަނގަޅުކުރުމަށްވެސް މިއީ މޮޅު އެއްޗެކެވެ.