އިނގުރަކީ އަހަރުމެންގެ ކެއްކުމުގައި ވަރަށް އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރެވޭ އިނގުރަކީ ގިނަ ސަބަބުތަކަށްޓަކައި ކެއުމުގައި ހިމެނުން މުހިއްމު ބާވަތެކެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

އެއް މަސް ވަންދެން ދުވާލަކު އެއްފަހަރު އިނގުރު ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ އެލްޑީއެލް ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ. މި ބާވަތުގެ ކޮލެސްޓްރޯލްއަކީ ސްޓްރޯކް އާއި ހިތުގެ ބަލި ފަދަ ބޮޑު ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.

ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ

އިނގުރުގައި އެކުލެވޭ އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ. އަރިދަފުސް ރޯގާއާއި ވައިރަލް ހުން ގިނައިން އަންނަ ނަމަ އިނގުރަކީ އެކަމުގެ ފަރުވާ ކަމަށް ގިނަ ސައިންސްވެރިން އެއްބަސްވެ އެވެ.

ބޯއެނބުރުން ކުޑަކޮށްދޭ

ހެނދުނު ހޭލާއިރު ބޯއަނބުރާ ހޮޑު ލަވާ ގޮތްވެފައި ހުންނަ ނަމަ އެއްމަސް ދުވަހު އިނގުރު ބޭނުން ކުރުމުން އެކަން ހައްލުވާނެ އެވެ. އެހެން ކަމުން ނިދުމުގެ ކުރިން އިނގުރު ފެން ތަށްޓެއް ނުވަތަ ސައިތަށްޓެއް ބުއިން ރަނގަޅުވާނެ އެވެ.