ފެންވެރުމަކީ އަހަރެމެން ކޮންމެ ދުވަހަކު ގޮތަކަށް ކުރާކަމެކެވެ. އެހެންނަމަވެސް ފެންވަރާއިރު ވެސް ވަކި ކަންކަމަކަށް ސަމާލުކަންދޭން ޖެހެ އެވެ. އެެހެން ނޫންނަމަ ހަންގަނޑާއި އިސްތަށިގަނޑަށް ގިނަ ގެއްލުންތަކެއް ލިބެ އެވެ.

ހޫނު ފެން ބޭނުންނުކުރުން

ފެންވަރާއިރު ހޫނު ފެން ބޭނުން ކުރުމަކީ ވަރަށް ގިނަ ބަޔަކު ގަޔާވާ ކަމެކެވެ. އެހެން ނަމަވެސް މާ ހޫނު ފެނުން ފެންވެރުމަކީ ހަންގަނޑަށް ގެއްލުންތަކެއް ލިބިދޭ ކަމެކެވެ. ފެންވެރުން އެންމެ ރަނގަޅީ އާދައިގެ ހޫނުމިނެއްގެ ފެން ބޭނުން ކޮށްގެންނެވެ.

ކޮންމެ ދުވަހަކު ބޯ ނުދޮވުން

ފެންވަރާ ކޮންމެ ފަހަރަކު، ނުވަތަ ކޮންމެ ދުވަހަކު އެއްފަހަރު ބޯ ދޮވުމަކީ ސިއްޙީގޮތުން ރަނގަޅު ކަމެއްނޫނެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.

ފެންވަރާއިރު ފައި ރަނގަޅަށް ދޮވުން

ފެނަވަރާއިރު ފައި ނުދޮވުމަކީ ވަރަށް ގިނަ މީހުންގެ އާދަ އެކެވެ. މިއީ ފައިގެ ހަންގަނޑު ކުރަކިވުމަށް ދިވާވެދާނެ ސަަބަބެކެވެ. މިހެންކަމުން ފެންވަރާ ކޮންމެ ފަހަރަކު ރަނގަޅަށް ފައި ދޮވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މާގިނަ އިރު ފެން ނުވެރުން

ކޮންމެ ކަމެއް ކުރުމުގައިވެސް ހައްދެއް އޮވެ އެވެ. މާގިނަ އިރު ފެންވެރުމުގައި ހޭދަކުރުމަކީވެސް ހަމަ މިކަހަލަ ކަމެކެވެ. މާގިނައިރު ފެންވެރުމުގެ ސަބަބުން ހަންގަނޑަށް ގެއްލުންތަކެއް ލިބެ އެވެ.