މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް, މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެއެވެ.
އެ މިނިސްޓްރީން ބުނީ ޒީނަތްތެރިކަމުގެ ގޮތުން މަހާނަތައް ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
ފަހަކަށް އައިސް އާ ސަހަރާގައި ހުންނަ މަހާނަތައް ވަށާ ފާރެއް ރާނައި އެ ފަރާތުތަކުގައި ތަށިމުށި ޖަހައި ޒީނަތްތެރިކުރާކަން ފާހަގަކުރެވެއެވެ.
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!
ހަނގުރާމަ ހުއްޓާލުމުން ނަތަންޔާހޫ އާއި ޓްރަމްޕްގެ ގުޅުން ގޯސްވަނީ
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
