ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަމަކީ ގިނަ ފަހަރު ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކެއްގެ ސަބަބުން ކުރިމަތި ވެދާނެ ކަންތައްތަކެވެ. އެހެންކަމުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ރައްކާތެރިވުމަށް އެންމެ މޮޅު އެއް ގޮތަކީ އެފަދަ ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަންތައްތަކާއި ދުރުހެލިވުމެވެ.
މިގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރުން، ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން އަދި ބަރާބަރަށް ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އަދި ކެއުމުގައި ލޮނު ބޭނުން ކުރުން މަދު ކުރުމަކީ ވެސް އެފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.
މީގެ އިތުރުން ލޭގެ ޕްރެޝަރާއި ހަށިގަނޑުގައި ހަކުރު ހުރި މިންވަރާއި ކޮލެސްޓުރޯލް ހުރި މިންވަރު ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައިގެން ޗެކް ކުރުން ވަރަށް މުހިންމެވެ.
ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް އަދި ހަކުރުބައްޔަކީ ރަނގަޅު މިންވަރެއްގައި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑުގެ ނާރުތަކާއި ގުނަވަންތަކަށް އެކަމުގެ އަސަރު ކުރާނެ ކަންކަމެވެ. އެހެންކަމުން އެއިން އެއްވެސް ކަމެއް ހުންނަނަމަ އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުމަކީ ބުއްދި ވެރިކަމެކެވެ.
އެއާއެކު ހަފްތާއަކު ތިނެއް ނުވަތަ ހަތަރު ދުވަހު އެންމެ މަދުވެގެން 30 ވަރަކަށް މިނިޓް ކަސްރަތު ކުރަން އާދަކުރާށެވެ. ހަށިގަނޑު މާބޮޑަށް ބަރުހެލި ވިޔަ ނުދޭށެވެ. ”ބޮޑީ މާސް އިންޑެކްސް” ހުންނަން ވާނީ 18.5 އާއި 25 އާ ދެމެދުގަ އެވެ.
މިގޮތުގެ މަތިން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަ ކުރެވޭނެ އެވެ.
ޜަނގަޅު