ހިކި މޭބިސްކަދުރަކީ އާއްމުކޮށް ފިހާރަތަކުން ލިބެން ހުންނަ ރަހަ ވެސް މީރު މޭވާ އެކެވެ. ފަސޭހައިން ލިބެން ހުންނަ މި ކުޑަ ކުޑަ މޭވާ އަކީ ސިއްހަތަށްވެސް އޭގެ ސަބަބުން ހައިރާން ކުރުވަނިވި ފައިދާތަކެއް ވެސް ލިއްބައިދޭ މޭވާ އެކެވެ.
ބަނޑު ހަރުވުމަށް ހައްލެއް
ހިކި މޭބިސްކަދުރުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވެ އެވެ. އޭގެ ސަބަބުން ބަނޑުހަރުވެ ބޮޑުކަމުދާން އުނދަގޫވާ މައްސަލައަަށް ހައްލު ހޯދައިދެ އެވެ. އެހެންކަމުން އާދަކޮށް ހިކި މޭބިސްކަދުރު ކެއުން ވަރަށް މުހިއްމެވެ.
އެނީމިއާ އަށް ފަރުވާއެއް
ގިނަ އަދަދަކަށް އަޔަން ނުވަތަ ދަގަނޑު މާއްދާ އެކުލެވޭ ހިކި މޭބިސްކަދުރަކީ ލޭ މަދުވާ މައްސަލަ ނުވަތަ އެނީމިއާއަށް ވެސް ހުރި ފަރުވާ އެކެވެ. އަދި އާ ލޭ އުފެއްދުމަށް ބޭނުންވާ ވިޓަމިން ބީ ކޮމްޕުލެކްސް ގެ ގިނަ މެމްބްރުންތަކެއް ވެސް މި މޭވާގައި އެކުލެވެ އެވެ. ހަމައެހެންމެ، ރެޑް ބްލަޑް ސެލް އުފެއްދުމަށް ބޭނުންވާ ކޮޕާ ވެސް މި މޭވާގައި އެކުލެވެ އެވެ.
އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ
އާދަކޮށް ކޮންމެ ދުވަހަކުވެސް ހިކި މޭބިސްކަދުރު ކެއުމަކީ އިސްތަށިގަނޑުގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭނެ ކަމެކެވެ. ހަމައެހެންމެ، އެ މޭވާގައި ހިމެނޭ އެންޓި އިފުލެމޭޓަރީ ޕްރޮޕަޓީސްގެ ސަބަބުން ބޮލުން ހަންފޮޅުމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދެ އެވެ.