މައްސަރު ކަންތައް ލަސްވެ އެކި ކަހަލަ އުނދަގޫތައް ކުރިމަތިވުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ މައްސަލައެކެވެ. މި މައްސަލަ ކުރިމަތިވީ ބައިވަރު ސަބަބުތައް ހުންނައިރު އެއިން ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.
ބަލިވެއިނުން
ޕީރިއަޑްވުން ލަސްވާ އެންމެ އާންމު ސަބަބަކަށް އަބަދުވެސް ވެފައި އޮންނަނީ ބަލިވެ އިނުމެވެ. ވިހެއުން ކޮންޓްރޯލް ކުރާ ބޭހާއި ހުރަސް ބޭނުންކުރި ނަމަވެސް ބައެއް ފަހަރު ބަލިވެ އިންނަ ގޮތްވެ އެވެ. އެހެންކަމުން ޕީރިއަޑް ލަސްވަނީ ބަލިވެ އިނުމުން ކަމުގައިވުމުގެ ފުރުސަތު އަބަދުވެސް ވަރަށް ބޮޑެވެ.
މާބޮޑަށް ބަލިވުން
އާދައިގެ ހުމާއި ރޯގާގެ ސަބަބުން ޕީރިއަޑް ސައިކަލަށް ބަދަލުނައި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަން ޖެހޭ ވަރަށް ބަލިވާނަމަ ޕީރިއަޑް ސައިކަލްއަށް ބަދަލުއައުން އެކަށީގެންވާކަމުގައި ޑޮކްޓަރުން ބުނެ އެވެ. ޑަކުޓަރުން ބުނާގޮތުގައި އެގޮތަށް ދިމާވަނީ ބަލީގެ ސަބަބުން ހަށިގަނޑޫ ސްޓްރެސްވުމުންނެވެ. އަދި ސްޓްރެސްގެ ސަބަބުން ހޯމޯންސްއަށް ބަދަލު އައުމުންނެވެ.
ތައިރޮއިޑް މައްސަލަހުރުން
ތައިރޮޑް މައްސަލައިގެ ސަބަބުން ގަވާއިދުން ޕީރިއަޑްނުވުން އެކަށީގެންވެ އެވެ. އެހެންކަމުން ގަވާއިދުން ޕީރިއަޑް ނުވާނަމަ ތައިރޮއިޑް މައްސަލައެއް ހުރިތޯ ވެސް ބަލައިލެވިދާނެ އެވެ.
ކަސްރަތުކުރަން ފެށުން
ބައެއް ހާލަތްތަކުގައި ކަސްރަތު ކުރަން ފެށުން ނުވަތަ ދުވަން ދާން ފެށުމުން ވެސް ޕީރިއަޑްވުން ވަގުތީ ގޮތުން ލަސްވާގޮތްވެ އެވެ. ނަމަވެސް ގަވާއިދުން ކަސްރަތުކުރާނަމަ ގަވާއިދުން ޕީރިއަޑްވުމަށް ދިމާވާ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އެވެ.
ދޭތެރެ ދުރުކުރާ ބޭސް ކެއުން ހުއްޓާލުން
ދޭތެރެ ދުރުކުރާ ބޭސް ކެއުން ހުއްޓާލުމުން ހޯމޯންސް އަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ޕީރިއަޑްވުން ލަސްވާގޮތްވެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން ލަސްވާނަމަ ފަހުން އެކަން ހައްލުވާނެ ކަމުގައި ވެސް ޑަކުޓަރުން ބުނެ އެވެ.
މާ ބޮޑަށް ފަލަވުން
މާބޮޑަށް ހިކުމުން ވެސް ޕީރިއަޑްވުން ލަސްވާގޮތް ވެ އެވެ. ހަމަ އެފަދައިން މާބޮޑަށް ފަލަވުމުން ވެސް ޕީރިއަށްވުން ލަސްވާގޮތް ވެ އެވެ. އޮސްޓްރޭލިއާގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ފަލަކޮށް ތިބޭ އަންހެނުން ޕީރިއަޑްވުމުގެ މައްސަލަ ދުޅަހެޔޮކޮށް ތިބޭ އަންހެނުންނަށްވުރެ 75 އިންސައްތަ ބޮޑެވެ.