ގާތުން ދިނުމަކީ ކުޑަ ދަރިފުޅުގެ އިތުރުން މައިމީހާއަށް ވެސް ވަރަށް ފައިދާހުރި ކަމެކެވެ. އެހެން ނަމަވެސް މިކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި މައިމީހާ ކުރަން ޖެހޭ ބައެއް ކަންތައް ހުރެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ގާތުން ދޭ މައިން ކެއުމުގައި ހިމަނަންވީ ބައެއް ކެއުން ތަކަށެވެ.

މޭވާ

ގާތުން ކިރުދޭއިރު ބައެއް ކަހަލަގެ މޭވާ ކެއުމަށް އިސްކަން ދޭން ޖެހޭނެ އެވެ. އެގޮތުން ޕޮޓޭސިއަމް އަދި "ވިޓަމިން އޭ" އެކުލެވޭ މޭވާތައް ކެއުމަށް އިސްކަން ދޭން ޖެހެ އެވެ. އޭގެތެރޭގައި ދޮންކެޔޮ، އަނބު ، އޮރެންޖް، މޭބިސް ކަދުރު އަދި ކިވީ ހިމެނެ އެވެ.

ތަރުކާރީ

ތަރުކާރީގެ ބާވަތްތަކަކީ ވެސް ގާތުން ކިރުދޭއިރު ކެއުން މުހިއްމު ބާވަތްތަކެކެވެ. ތަރުކާރީއަކީ އެންޑިއޮކްސިޑެންޓް އަދި ވިޓަމިންގެ މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗަކަށް ވުމުން ކިރު އުފެއްދާ ނިއުޓްރިއަންސްގެ އަދަދު އިތުރު ކުރުވަ އެވެ.

ވިޓަމިން ޑީ އަދި ކެލްސިއަމް ލިބޭ ކާނާ

މާބަނޑު ދުވަސްވަރު އަދި ގާތުން ކިރުދޭ ދުވަސްވަރު ވެސް "ވިޓަމިން ޑީ" އަދި ކެލްސިއަމް ލިބޭ ތަކެތި ކެއުމުގައި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކިރު، ޔޯގަޓް އަދި ޗީސް ފަދަ ތަކެތި ބޭނުން ކުރުން ރަނގަޅެވެ. އެކަމުގެ ސަބަބުން މައިމީހާގެ ހަށިގަނޑުގައި ކިރު އުފެއްދޭ މިންވަރު އިތުރުވެ އެވެ.