މާތް ﷲ އެކަނލާގެ އަޅުތަކުންނަށް ނިއުމަތް ދެއްވަނީ އެކި ގޮތްގޮތަށެވެ. ތިބާ ހީވެސް ނުކުރާފަދަ ގޮތަކަށް ތިބާގެ އެދުންތައް ފުރިހަމަ ވެގެންދާ ތަން ވެސް ފެނެ އެވެ.
މިއީ މީގެ ފަސް އަހަރު ކުރިން ހިނގި ހާދިސާ އެކެވެ. ގާނާގެ ރަށްފުށު އަަވަށަކަށް ނިސްބަތްވާ އަލް ހަސަން އަބްދުﷲ އަކީ މާ ތަނަވަސް ނޫނަސް ސާދާ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ.
އޭނާގެ އޮތީ ހަމަ އެންމެ އެދުމެކެވެ. އުމުރު ހުސް ނުވަނީސް މައްކާގެ މާތް ބިމުގައި ފައި ޖެއްސުމެވެ. މަރު އައިސް ޖެހުމުގެ ކުރިން ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާ ކުރުމެވެ.
ނަމަވެސް މާލީ ހާލަތު ހުރި ގޮތުން އޭނާއަށް އެކަން ކާމިޔާބު ވުމުގެ ކޮޅުމަތި ވެސް ނުފެނެ އެވެ. ކީރިތި ﷲއަށް ދުއާ ކުރުން މަތީ ދެމި ހުރީ އެކަނލާގެ ރަހްމަތުން ހެޔޮ ގޮތެއް ދެއްވާތޯ ހިތާހިތުން އެދި އެދި އެވެ.
އެހެން ހުއްޓާ އޭނާގެ ތުރުކީގައި އޭނާ ދިރިއުޅޭ ގެ ކައިރިއަށް އެއްދުވަހަކު ވެއްޓުނީ ޑްރޯން އެކެވެ. ކޮން އެއްޗެއްކަން ނޭނގި އެ ހޮވައިގެން އޭނާ އެތަނުގައި ހުރީ އެވެ. އެންމެ ބޮޑަށް ހީކުރެވުނީ އެއީ ތަނަކަށް ދާ މަތިންދާ ބޯޓެއް ކަމަށެވެ.
ކަން ދިމާކުރި ގޮތުން އެ ޑްރޯން ވީ ތުރުކީގެ ނޫސްވެރިއްޔެއްގެ ޑްރޯން އަކަށެވެ. ނޫސްވެރިޔާ ޑްރޯން ބަލާ އައުމުން އަބްދުﷲ އޭނައާ ކުރީ ހަމަ އެންމެ ސުވާލެކެވެ.
"އަހަރެން ހައްޖަށް ގެންދެވޭ ވަރުގެ ބޮޑު އެއްޗެއް ނެތްތަ؟" އޭނާ ބުނެލި އެވެ.
މި ސުވާލުން ނޫސްވެރިޔާގެ ހިތަށް ފުން އަސަރެއް ކޮށް އޭނާގެ ތަޖުރިބާ މަސައްކަތް ކުރަމުން ދިޔަ ނޫހުގައި ޖެހި އެވެ.
ނަތީޖާއަކަށްވީ ތުރުކީ ސަރުކާރުގެ ފުރިހަމަ ހަރަދުގައި އަބްދުﷲ އަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބި ދުވަހަކު ވެސް ހަގީގަތަަކަށް ނުވާނެ ކަމަށް ހީކުރި ހުވަފެން ހަގީގަތަކަށް ވުމެވެ.
މިކަމުން ވެސް އެނގޭ ކަމަކީ މާތް ﷲގެ ރަހުމަތްފުޅު އެކަނލާގެ އަޅުތަކުންނަށް ގިނަ ކަމެވެ. ކުއްތަންވެ ހެޔޮ ކަމަކަށް އެދިއްޖެ ނަމަ އެކަން އެކަނލާގެ މެދުވެރި ކުރައްވާ ކަމެވެ.