އިސްތަށިގަނޑު ދިގު ކުރުމަކީ ގިނަ ބަޔަކު ކުރަން ބޭނުންވާ ނަމަވެސް އެކަމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. މި ލިޔުމުގައި އިސްތަށިގަނޑު އަވަހަށް ދިގު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

މަޑުމަޑުން ފުނާ އެޅުން

އިސްތަށިގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންވެ ފުނާ އަޅާ އިރުވެސް އަޅަން ޖެހޭނީ މަޑުމަޑުން ވަރަށް ބަލައިގެންނެވެ. މާ އަވަސް އަރުވާލާފައި ނުވަތަ މާ ބާރުލާފައި ފުނާ އެޅުމަކީ އިސްތަށިތައް ބުރިވުމަށް މަގުފަހި ކުރުވާ ކަމެކެވެ. ހާއްސަކޮށް ތެތް އިސްތަށިގަނޑެއްގައި ފުނާއަޅާނަމަ އިސްތަށިތައް ހަލާކުވުން ގާތެވެ.

ހަފުތާއަކު ތިން ފަހަރު އިސްތަށިގަނޑު ދޮވުން

ކޮންމެ ދުވަހަކު އާދަކޮށް ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވުމަކީ އިސްތަށިގަނޑު ހިކިވާ ކަމެކެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ޝޭމްޕޫ ކުރުމުގެ ބަދަލުގައި ހަފްތާއަކު ތިން ދުވަހު ޝޭމްޕޫކުރުން ރަނގަޅުވާނެ އެވެ.

ޝޭމްޕޫ ކުރުމަށްފަހު ކޮންޑިޝަނާއެއް ބޭނުން ކުރުން

އިސްތަށިގަނޑު ޝޭމްޕޫ ލައިގެން ރަނގަޅަށް ދޮވުމަށްފަހު ކޮންޑިޝަނާއެއް ބޭނުން ކުރުން ރަނގަޅެވެ. އޭރުން ޝޭމްޕޫކުރުމުގެ ސަބަބުން އިސްތަށިގަނޑުން ގެއްލުނު ތެޔޮކަން އަނބުރާ ލިބޭނެ އެވެ.

ރަނގަޅު ތުވާއްޔެއް ބޭނުން ކުރުން

އިސްތަށިގަނޑުން ފެން ހިއްކުމަށް އާދައިގެ ތުވާއްޔެއް ބޭނުން ކުރުމުގެ ބަދަލުގައި މައިކުރޯފައިބާ ތުވާއްޔެއް ބޭނުން ކުރާށެވެ. އިސްތަށިގަނޑުން ފެން ހިއްކުމަށް ކޮންމެ ކޮންމެ ތުވާއްޔެއް ބޭނުން ކުރުމަކީ އިސްތަށިގަނޑު ހަލާކުވާ ކަމެކެވެ.