މެދު އުމުރުގެ އަންހެނުންގެ ތެރެއިން ހަފްތާއަކު އެއްފަހަރު ނުވަތަ އައަށްވުރެ ގިނައިން ހިނގަންދާ އަންހެނުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މެދު އުމުރުގެ 89000 އަންހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ އެ ދިރާސާއިން ދައްކާފައި ވަނީ އަންހެނުން އެހެން ކަސްރަތު ކުރި ނަމަވެސް، ހިނގަން ދިއުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށެވެ. އެމެރިކާގެ ބްރައުން ޔުނިވާސިޓީ އިން މި ހެދި އެ ދިރާސާއަކީ 10 އަހަރު ދުވަހުގެ ތެރޭގައި އެ އަންހެނުންގެ ސިއްހަތަށް އައި ބަދަލު ރިކޯޑުކޮށްގެން ހެދި ދިރާސާ އެކެވެ.

އެ ދިރާސާއިން ދެއްކީ މެދު އުމުރުގެ އަންހެނުންގެ ތެރެއިން ހަފްތާއަކު އެއްފަހަރު ހިންގަންދާ އަންހެނުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 5 ޕަސެންޓް ދަށް ކަމެވެ. އަދި ހަފްތާާއަކު ދެފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ހިނގަން ދާނަމަ ފުރުސަތު 20 ޕަސެންޓް ދަށްވާ ކަމަށް ދައްކަ އެވެ. ހަފްތާގެ ކޮންމެ ދުވަހަކު ހިނގާ އަންހެނުންނަށް ހިމުގެ ބަލި ޖެހުމުގެ ފުރުސަތު 35 ޕަސެންޓް ދަށް ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ދިރާސާއިން ވަނީ އަންހެނުންގެ ތެރެއިން ބާރަށް ހިނގާ އަންހެނުން ހިތުގެ މައްސަލަ ޖެހުމުގެ ފުރުސަތު އެހެން އަންހެނުންނަށް ވުރެ ދަށްކަން ހާމަވެފަ އެވެ. އަދި 40 މިނެޓަށް ވުރެ ގިނައިރު ވަންދެން ހިނގާ އަންހެނުންނަށް ހިތުގެ މައްސަލަ ޖެހުމުގެ ފުރުސަތު އިތުރަށް ކުޑަ ކަމަށްވެސް ދިރާސާގައި ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގައި އެކަނި ކޮންމެ އަހަރަކު 900000 މީހުންނަށް ހިތުގެ ބަލިތައް ޖެހޭއިރު މިއީ ރައްކާތެރިވާން ޖެހިފައި އޮތް ނުރެއްކަލެކެވެ..