ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ޝައިހް ފަޒްލޫންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ޖޫން މަހުގެ 21 ވަނަ ދުވަހު ފަޒްލޫން ހައްޔަރުކުރި ފަހުން އޭނާގެ ބަންދަށް ދެ ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. ފުރަތަމަ އޭނާގެ ބަންދަށް އިތުރުކުރީ ހަތް ދުވަހެވެ. ފަހުން އިތުރު ފަސް ދުވަސް އިތުރުކުރި އެވެ.
މި މައްސަލައާ ގުޅިގެން ޝައިހް ނިޝާން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 13 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޔޯގާ ޑޭ ގެ ހަމަނުޖެހުންުތައް ހިނގާފައިވަނީ ފުލުހުންގެ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ބަލަމުން ދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ޒަހަމްތައް އަދިވެސް އެބަހުރި: ހަރްޝަދުގެ ހިތި ލޯބީގެ ތަޖުރިބާ
އެވެންޖާސް ޑޫމްސްޑޭ: ސްޕައިޑަމޭންއާއި ސެންޓްރީ ފެންނާނެތަ؟
ޖޭޑީ ވޭންސް އަދި އުޝާއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގެންފި