ރާއްޖޭގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ބޮޑުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބޮޑުކުރި އަގުތައް އާންމުކޮށް އަންގައި އިއުލާންކޮށްފަ އެވެ.

އެގޮތުން މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރެއްގެ އަގަކީ 30 ރުފިޔާ އެވެ.

މާލެ އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ އަށް 85 ރުފިޔާ އެވެ.

މާލެ އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 100 ރުފިޔާ އެވެ.

މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް 70 ރުފިޔާ އެވެ.

ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް 80 ރުފިޔާ އެވެ.

ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް 85 ރުފިޔާ އެވެ.

ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި2 އަށް 40 ރުފިޔާ އެވެ.

ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރީ އެ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުން މަޝްވަރާ ކުރަމުން ދަނިކޮށެވެ.