ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި އޮފިސަރަކަށް ހަމަލާދިން މައްސަލާގައި ބޮލީވުޑްގެ އެކްޓަރު އަދި ކޮންގްރެސްގެ ލީޑަރު ރާޖް ބަބާރަށް ދެ އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި އޮފިސަރަކަށް ހަމަލާދިން މައްސަލާގައި ބޮލީވުޑްގެ އެކްޓަރު އަދި ކޮންގްރެސްގެ ލީޑަރު ރާޖް ބަބާރަށް ދެ އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

އެކްޓަރު ރާޖްގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކޯޓުން ކޮށްފައިވަނީ ދައުލަތުގެ މުވައްޒަފަކަށް އޭނާގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށާއި މާރާމާރީ ހިންގުމުގެ ކުށުގެ އިތުރުން ތިން ކުށެއް ކުރިކަން ސާބިތުވުމުންނެވެ. ޖަލު ހުކުމުގެ އިތުރުން ކޯޓުން ވަނީ ރާޖް 8500 ރުޕީސްއިން ޖޫރިމަނާކޮށްފަ އެވެ.

ވޯޓު އޮފިސަރު ވަނީ 1996 ވަނަ އަހަރުގެ މެއި މަހު ބޭއްވި އިންތިހާބެއްގެ ތެރެއިން ރާޖް ދެކޮޅަށް އެފްއައިއާރު ހުށަހަޅުއްވާފަ އެވެ. އޭރު ރާޖް ވާދަކުރައްވަމުން ގެންދެވީ ސަމާޖުވާދީ ޕާޓީންނެވެ.

އެ ހުކުމް އިއުލާން ކުރި އިރު ރާޖް ބަބާރު ހުރީ ޝަރީއަތުގެ މަޖިލީހުގަ އެވެ.