ބަރުދަން ލުއިކުރުމަށް ކަސްރަތާއި ޑައިޓުގެ އިތުރުންވެސް ކުރެވިދާނެ ގިނަ ކަންކަން ހުރެ އެވެ. އެގޮތުން ޑީޓޮކްސް ބުއިންތަކަކީ އަވަހަށް ނަތީޖާ ހޯދުމަށް ވަރަށް އަސަރުގަދަ އެއްޗެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ކިއުކަމްބާ އާއި ކުދީނާ ފަތް

ކިއުކަމްބާ އާއި ކުދީނާ ފަތް އެއްކޮށް އެއް ލީޓަރު ފެނަށް އެޅުމަށްފަހު އެއް ރޭ ވަންދެން ބަހައްޓާށެވެ. އަދި އެއަށްފަހު 24 ގަޑިއިރު ތެރޭގައި ފެން ބޯށެވެ. މިއީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް ވެސް ލުއިކޮށްދޭ ބުއިމެކެެވެ.

ފޮނިތޮށްޓާއި މާމުއި

ހޫނު ފެންތަށްޓަކަށް އެއް ސަމުސާ މާމުއާއި ފޮނިތޮށި އަޅާށެވެ. އަދި ހޫނުކަން މަތީ ބޯލާށެވެ. މިއީ ހަށިގަނޑުގެ މެޓްބޮލިޒަމް އަވަސް ކޮށްދީ ބަރުދަން ލުއިވުން ފަސޭހަ ކޮށްދޭ ބުއިމެކެވެ. ބޭނުން ނަމަ ލުނބޯ ހުތްކޮޅެއް ޖަހާލުމުން ސަރުބީ ވިރުން އިތުރުވާނެ އެވެ.

އިނގުރާއި ލުނބޯ

އެއްފަޅި ލުނބޯގެ ހުތް ތާފަނާ ފެނަށް އެޅުމަށްފަހު އެއް އިންޗި އިނގުރު ވެސް އެ ފެނަށް އަޅާށެވެ. ދެމަސް ވަންދެން ކޮންމެ ދުވަހަކު ހެނދުނު ހައިބަނޑާ މި ބުއިން ބޯނަމަ އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ އެވެ.