މިއަދު ކޮންމެ މީހަކު ވެސް ބަލަނީ އަގުބޮޑު ޕްރޮޑަކްޓްތައް ބޭނުންކޮށްގެން މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓޭތޯ އެވެ. ނަމަވެސް ގޭތެރޭގައި ބޭނުންކުރާ ވަރަށް އާއްމު އެއްޗަކުން ވެސް މިކަން ކުރެވިދާނެ އެވެ. އޭގެ ތެރެއިން އެއް ބާވަތަކީ މާމުޔެވެ. މި ލިޔުމުގައި މި ބަލާލަނީ މާމުއި ބޭނުން ކޮށްގެން ހަންގަނޑަށް ދެވިދާނެ ބައެއް ފަރުވާ ތަކަށެވެ.
ތުންފަތް ހިކުން
ނިދުމުގެ ކުރިން ތުންފަތް ރަނގަޅަށް ސާފު ކޮށްލުމަށްފަހު މާމުއި ކޮޅެއް މުޅި ތުންފަތުގައި އުނގުޅާފައި ބަހައްޓާށެވެ. ހެދުނު ހޭލާއިރު ތުންފަތް ހުންނާނީ ހީނުކުރާހާ މަޑު އަދި އޮމާން ކޮށެވެ.
އޮށާޅަ ނެގުން
މޫނު ރަނގަޅަށް ސާފުކޮށްލުމަށްފަހު އޮށާޅަ ނަގާފައި ހުރި ތަންތަނުގައި މާމުއި އުނގުޅުމަށްފަހު ބެންޑޭޖް އަޅައި ރަނގަޅަށް ފޮރުވާފައި ބަހައްޓާށެވެ. ރޭގަނޑު އުނގުޅާލާފައި ހެނދުނު ވަންދެން ބެހެއްޓުމަށްފަހު ހެދުނު ހޭލައިގެން ތާފެނާ ފެނުން ދޮވެލުން ރަނގަޅުވާނެ އެވެ. ތަފާތު ފެންނާނެ އެވެ.
ހަންގަނޑު ކުރަކިވުން
ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ކުޑަ މާމުއި ކޮޅެއްގެ ތެރެއަށް އަލޯވެރާ ޖެލް އަޅާލަފައި ރަނގަޅަށް އެއްކޮށްލާށެވެ. ކޮންމެ ރެޔަކު ނިދުމުގެ ކުރިން މޫނުގައި އުނގުޅާށެވެ.
މޫނުން ބިހި ނެގުން
މޫނު ރަނގަޅަށް ސާފުކޮށްލުމަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ބިހި ނަގާފައި ތަންތަނުގައި މާމުއި އުނގުޅާފައި ހެނދުނު ވަންދެން ބަހައްޓާށެވެ. މޫނަށް އުޖާލާކަން ގެނެސްދޭނެ އެވެ.
ބްލެކް ހެޑްސް ނެގުން
ދެ ސަމުސާ ލުނބޯ ހުތުގެ ތެރެއަށް މާމުއި ކޮޅެއް އަޅާލަފައި ރަނގަޅަށް އެއްކޮށްލާށެވެ. ނިދާ ގަޑިގައި ބްލެކް ހެޑްސް ހުންނަ ތަންތާގައި އުނގުޅައި ހެނދުނު ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ތާފެނާ ފެނުން ދޮވެލާށެވެ.