ނޭވާހިއްލާ ބަލި ނުވަތަ އެސްތްމާ އަކީ ނޭވާލާ ނިޒާމަށް ކުރިމަތިވާ އެންމެ އާންމު އެއް މައްސަލައެވެ. ނޭވާލާ ނިޒާމް އުފެދިފައި ވަނީ އަނގަޔާއި ނޭފަތާއި، ވައި ސާފު ކޮށްދޭ ގުނަވަން، ފުއްޕާމެޔާއި ގުޅުވައިދޭ ހޮޅި ތަކަކުންނެވެ. މި ހޮޅިތައް އެއްވެސް ސަބަބަކާއި ހުރެ، ދުޅަވެ، ހިމަވެ، ފިތި، ބަންދުވާ ގޮތްވުމުން ނޭވާލާން އުނދަގޫވެ ނޭވާހިއްލާ ގޮތް މެދުވެރިވެ އެވެ.

މިއީ އަދި މިހާތަނަށް ދާއިމީ ހައްލެއް ހޯދިފައި ނުވާ ބައްޔަކެވެ. އެހެން ނަމަވެސް އިންހޭލާ ބޭނުންކޮށްގެން ބައެއް ފަރާތްތަކަށް ވަގުތީ ހައްލެއް ލިބިގެންދެ އެވެ. އަދި ބައެއް ފަރާތްތަކަކީ އެއްވެސް ކަހަލަ ފަރުވާއަކުން ހައްލު ނުލިބޭ މީހުންނެވެ. ތިރީގައި މިގެނެސްދެނީ ނޭވާ ހިއްލުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ހިރަފުހުން ރައްކާތެރިވުުން

ނޭވާހިއްލާނަމަ އުޅޭތަން ނުވަތަ ކޮޓަރި ސާފުކުރާށެވެ. ހިރަފުހުގެ ސަބަބުން ނޭވާ ހިއްލާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވެ އެވެ. އެހެން ކަމުން އުޅޭ މާހައުލު ސާފުކޮށް ބެލެހެއްޓުމަކީ މިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ދުންފަތުގެ އިސްތިއުމާލު ހުއްޓާލުން

ނޭވާހިއްލާނަމަ ސިނގިރޭޓް ބުއިން ހުއްޓާލާށެވެ. ސިނގިރޭޓް ބުއިމުން ކެއްސާ ނޭވާލާން އުނދަގޫވާނެ އެވެ. އޭގެ ސަބަބުން މާ ބޮޑަށް ނޭވާހިއްލުން އެކަށީގެންވެ އެވެ.

ކަސްރަތު ކުރުން މަދުކޮށްލުން

ނޭވާހިއްލާނަމަ ކަސްރަތުކުރުމުން ދުރުހެލިވާށެވެ. ސަބަބަކީ ކަސްރަތު ކުރުމުން މީހާ ވަރުބަލިވެ ލޮޑުވުމުގެ ސަބަބުން ނޭވާހިއްލުން މާ ބޮޑަށް ގޯސްވާތީ އެެވެ.