ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ކެއުމަށް ބެލުމެވެ. އެގޮތުން ސޯޑިއަމް ހިމެނޭ ކާއެއްޗެހި ކެއުން މަދުކޮށް، ނިއުޓްރިޝަން އިން މުއްސަނދިވެފައިވާ ކާއެއްޗެހި ކެއުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެހެެން ނަމަވެސް ސޯޑިއަމް ހިމެނޭ އެއްޗެހި ކެއުން އެއްކޮށް ހުއްޓާލަންވީއެއް ނޫނެވެ. ދުވާލަކު ކެއުމުގައި ބޭނުން ކުރާ މިންވަރު މަދު ކުރަންވީ އެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަވެގެން ހަށިގަނޑަށް ވަންނަން ވާނީ 2،300 މިލިގްރާމްގެ ސޯޑިއަމް އެވެ. އޭރުން ހިތުގެ ބަލިތަކާއި ލޭ މައްޗަށް ދިއުމަށް ދިމާވާ މައްސަލަތަކަށް ވަރަށް ބޮޑަށް ހައްލު ލިބޭނެ އެވެ.

ކެއުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ތަރުކާރީ، މޭވާ، ފެޓް މަދުން އެކުލެވޭ ކާއެއްޗެހީގެ އިތުރުން އެކި ވައްތަރުގެ ބަދަން ކެއުމަށެވެ.

ގޮދަނުގެ ބާވަތްތަކާއި ހަންގަނޑު ވަކިކުރުމަށް ފަހު މަސް ކެއުމަށެވެ. މީގެ އިތުރުން ތަރުކާރީ ތެލާއި ތަފާތު ފޮނި އެއްޗެހި ކެއުމަކީ ވެސް ލޭ މައްޗަށް ދިއުން ކޮންޓްރޯލް ވާނެ ކަމެކެވެ.

މި ކާއެއްޗެހި ކެއުމުން ލޭމައްޗަށް ދިއުން ކޮންޓްރޯލް ވުމުގެ އިތުރުން ހަކުރު ބައްޔާއި ކެންސަރާއި، ހާޓް އެޓޭކް ޖެހުން ފަދަ ނުރައްކާތެރި ބަލިތަކުން ވެސް މީހާ ދުރުކޮށްދޭނެ އެވެ.