ސްޓްރެސް ފިލުވަން އެކި މީހުން ގެންގުޅެނީ އެކި އުކުޅެވެ. ބައެއް މީހުން ހިތްދަތިވާ ކަމެއް ހަނދާން ނައްތާލަން މެދުނުކެނޑި ގިނައިރު ތަކެއް ނިދާއިރު އަނެއް ބަޔަކު ހޯދަނީ ފޯނާއި އިންޓަނެޓުފަދަ ޓެކްނޮލޮޖީގެ އެހީ އެވެ. ސުވާލަކީ ސްޓްރެސް ފިލުވާލަން އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ކުރެވޭ ސުވާލެވެ.

އެގޮތުން ކަމަކާއި ފިކުރު ބޮޑުވާ ނަމަ ބޭރަށް ނުކުރެ ގުދުރަތީ ރީތި ކަމުގެ ތަޖުރިބާ ކޮށްލުމަކީ އެންމެ މޮޅު ގޮތް ކަމަށް މާހިރުން ބުނެ އެވެ. ސްޓްރެސްވުމަށްފަހު ބޭރަށް ނިކުތުމުން އިތުރަށް ސްޓްރެސް ބޮޑުވާނެ ކަމަށް ޤަބޫލު ކުރެވިފައި އޮތް ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި ބޭރު ތެރެއަށް ނިކުމެ އުޅެލުމުގެ ސަބަބުން ތަފާތު ކަންކަމާއި މަސްއޫލޫވެ ފިކުރު ބޮޑުވާ ކަންކަމުން އިސާހިތަކު ދުރުކޮށްދޭނެ އެވެ.

އަދި ގިނަ ދުވަހު ރިހުން ހުންނަ ނަމަ އެފަދަ ކަންކަމުންވެސް ދުރުކޮށްދެ އެވެ. އަދި ބޭރު ތެރެއަށް ނިކުމެ ކަސްރަތުކޮށްލުމަކީ ފޯނު ފަދަ ތަކެތިން ދުރުކޮށް ތިމާގެ އަމިއްލަ ނަފްސާއި މެދު ވިންނާލަން ލިބޭނެ ވަގުތުކޮޅަކަށް ވެގެންދެ އެވެ.

އެންމެ ރަނގަޅު ގޮތަކީ ފެހިކަން ހުންނަ ޕާކްތަކަށް ނުވަތަ ބަގީޗާތަކަށް ގޮސް ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. މީގެތެރެއިންވެސް ގަސްތައް ގިނަ ނަމަ ސިކުނޑިއަށް ކުރާ އަސަރު ރަނގަޅުވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ދަތުރުދާން އެންމެ ރަނގަޅު ތަނަކީ ޖަންގައްޔެވެ. ނުވަތަ ވަލެވެ. "ފޮރެސްޓް ބާތިން"ގެ މި އުކުޅަކީ ސްޓްރެސްއާއި ވަރަށް ދުރުވާނެ ކަމެކެވެ.

2010 ވަނަ އަހަރު ޖަޕާނުގެ ދަރިވަރުންތަކެއް ހެދި ދިރާސާއާއިން ޖަންގަލީގައި ގިނަ، ވަގުތު ހޭދަކޮށް ހިނގައި، ހެދުމުގެ ސަބަބުން ލޭ މައްޗަށް ދިއުންދަށްވެ ސްޓްރެސް ހޯމޯން ހަމައަކަށް އަޅުވައިދެއެވެ.

ސްޓެރެސްއިން ދުރުވުމަށް ޓެކްނޮލޮޖީއާއި ގުޅުން ހުރި ވަސީލަތްތައް ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން އިތުރަށް ސްޓްރެސް ބޮޑުވާނެ ކަމެވެ. އެހެން ކަމުން ސްޓްރެސްއާ ދުރުވާން މިގޮތް ހިޔާރު ކުރަމާ ހެއްޔެވެ