ބޭންކަކުން މީހަކު ނަގައިގެން ދިޔަ ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ބޭންކަކުން މިއަދު މީހަކު ނެގި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"އެއްވެސް ބޭފުޅަކު އެ ފައިސާތައް ފެނިއްޖެ ނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން ޖީއައިޑީގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށްދެއްވުން އެދެން،" ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
އެ ފައިސާ ގެއްލުނީ ކޮން ތަނަކަށް ކަމެއް އަދި އެއީ ކޮން ބޭންކަކުން ގެންދިޔަ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
ކެލާ ކައިރިން ލަންކާގެ ދެ މަސް ބޯޓު އަތުލައިގެންފި
ހުޅުމާލެ 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ބަހައްޓައިފި
