ކެއުމުގައި މެދު މިންވަރަކަށް އެއްގަމު މަސް ހިމަނާނަމަ އުމުރު ދިގުވާ ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއަކީ 16 އަހަރުގެ މައުލޫމާތަށް ބެލުމަށްފަހު ޝާއިޢުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބައި މިލިޔަން އަންހެނުންނާއި ފިރިހެނުންގެ މައުލޫމާތު ހިމެނެ އެވެ.

މި ދިރާސާގައިވާ ގޮތުގައި ނިއުޓްރިއަސް ޑައިޓަކަށް އެއްގަމު މަހަކީ ވަރަށް މުހިއްމު އެއްޗެކެވެ. އޭގައި ޕްރޮޓީންއާއި ވިޓަމިން އަދި ސިއްހަތަށް ފައިދާހުރި ތެޔޮ ގިނަ ކަމަށް ދިރާސާގައި ވެ އެވެ. އަދި ތެޔޮކޮށް ހުންނަ މަހުގައި އޮމެގާ ތިނެއް ހުންނައިރު މަހުގެ ތެލުން ލިބޭ ފައިދާ އިންތިހާއަށް ބޮޑުކަމުގައި މި ދިރާސާއިން ދައްކާފައިވެ އެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ އޮމެގާ 3 އަކީ އުމުރު ދިގުކޮށްދޭ އަދި ލޮލުގެ ފެނުން ރަނގަޅުކޮށްދީ އިންސާނާގެ ނަފްސާނީ ހާލަތު ރަނގަޅު ކޮށްދޭ މާއްދާއެއް ކަމަށެވެ.

އެގޮތުން ކުކުޅު މަހާއި ގެރި އަދި ބަކަރީގެ މަހުގައި ގިނަ އަދަދަކަށް މި ދެންނެވި މާއްދާ ތައް އެކުލެވޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް ސަމާލުކަން ދޭންވީ ކަމަކީ އެއްގަމު މަސް ކެއުން ވެސް މެދު މިންގަނޑެއްގައި ގެންގުޅުމަށެވެ. އެއްވެސް ބާވަތެއް މާ ގިނައިން ބޭނުން ކުރުމަކީ ގެއްލުންހުރި ކަމެކެވެ.