ގިނަ ބަޔަކަށް އެނގޭނެ ގޮތުގައި ދޮންކޭލަކީ އެއިން ހަށިގަނޑަށް ގިނަގުނަ ފައިދާ ލިބޭ މޭވާ އެކެވެ. ހާއްސަކޮށް ކިޔަވާކުދިންނަށް ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ދޮންކޭޔޮ ވަކަކާއެކު ކިރުތައްޓެއް ދިނުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއްދެ އެވެ. ސަބަބަކީ ދޮންކޭލަކީ ވިސްނުން ތޫނުކޮށްދިނުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ.

މީގެ އިތުރުން ދޮންކޭލަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭ މޭވާ އެއްކަމުން ލޭ މައްޗަަށް ދާ ނަމަ މިއީ ކެއުމުގައި ހިމެނުމަށް ރަނގަޅު މޭވާ އެކެވެ. މީގެ އިތުރުން ވިޓަމިން ބީ6، ފައިބާ އަދި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ދޮންކޭލުގައި ހިމެނެ އެވެ. މިއީ ހިތަށް ބޭނުންވާނެ އެންމެ މޮޅު "ނިއުޓްރިޝަން ޕެކޭޖް" އެވެ.

ކެންސަރު ޖެހުމުން ދުރުކޮށްދެނީ ދޮންކޭލުގައި ހިމެނޭ ވިޓަމިން ސީ އެވެ. ވިޓަމިން ސީ އިން ހަށިގަނޑު ތެރޭގައި ހުންނަ ކެންސަރަށް މަގުފަހިކުރުވާ ނުރައްކާތެރި ރެޑިކަލްސްތައް ނައްތާލަ އެވެ. މީގެ އިތުރުން ވެސް ހަން ދުޅަހެޔޮކޮށް ބެހެއްޓުމާއި މުސްކުޅުވުމުން ދުރުކޮށްދޭ މޭވާތަކުގެ ތެރޭގައި ވެސް ދޮންކެޔޮ ހިމެނެ އެވެ.

ދޮންކެޔޮ އެންމެ ރަނގަޅީ ކޮންމެ ދުވަހަކު 3 އިރު ކެއުމުންނެވެ. އެއީ ހެނދުނު އަދި މެންދުރާއި ރޭގަނޑުގެ ކެއުމަށްފަހު އެވެ.