މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ދީރާޖް ދޫޕަރާއި ވިނީ އަރޯރާއަށް ފިރިހެން ކުއްޖެ ލިބިއްޖެ އެވެ.

ޒީޓީވީގެ މަގުބޫލު ސިލްސިލާ "ކުންދަލީ ބަގިއާ" އިން ފެނިގެންދިޔަ އެކްޓަރު ދީރާޖް އާއި އޭނާގެ އަންހެނުން ވިނީ އަރޯރާއަށް އަށް ފިރިހެންކުއްޖަކު ލިބުނުކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުންނެވެ.

"އަހަރެމެންނަށް ވަނީ ފިރިހެން ކުއްޖެ ލިބިފައި،މިއީ ވަރަށް އުފާވެރި ދުވަހެއް، އަހަރެމެންގެ ހަޔާތުގައި އާ ސޮފުހާތަކެއް ފެށިގެންދާ ދުވަސް،" ދީރާޒްގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

މިހަބަރާއެކު އެ ދެ މީހުންނަށް އަންނަނީ ތަހުނިޔާ ކިޔަމުންނެވެ. އެގޮތުން އެމީހުންނާއެކު މަސައްކަތް ކޮށްފައިވާ ތަރިންނާއި ސަޕޯޓަރުންވެސް ތަހުނިޔާގެ މެސެޖުތައް އަންނަނީ ފޮނުވަމުންނެވެ.

ދީރަޖް، 37، އާއި އަންހެނުން ވިނީ، 31، ދަރިއަކު ލިބެން އުޅޭކަން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކުރީ ދެމަފިރިން ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ.

https://www.instagram.com/p/ChECBMyqt3C/

ދީރަޖާއި ވިނީ ކައިވެނިކުރީ 2016 ގަ އެވެ.

ދީރަޖް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކުންޑަލީ ބާގިޔާ" އިންނެވެ. ނަމަވެސް އޭނާ ވަނި އެޝޯ އިން ވަކިވެފައި އެވެ.

https://www.instagram.com/p/CggVQv2vP52/

އޭނާ މިހާރު އަންނަނީ ކަލާޒް ޗެނެލުން މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ސީޒަން 10ގައި ވާދަކުރުމަށް ތައްޔާރު ވަމުނެވެ.

ވިނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވެބް ސީރީޒް "ޕަތީ ޕަތުނީ އައުރް ވޯ" އިންނެވެ.