މާ އަވަސް އަވަހަށް ބަލިވޭ ހެއްޔެވެ؟ މޫސުމަށް އަންނަ ބަދަލާއެކު ހުމާއި ރޯގާ ޖެހޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިބާގެ ދިފާއީ ނިޒާމު ބަލިކަށީ ކަމަށް ވެދާނެ އެވެް. މި ލިޔުމުގައި މި ހިމަނާލަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުން ކުރެވިދާނެ ބައެއް ބުއިން ތަކަށެވެ.

މާމުއި އިނގުރު ފެން

އަހަރެމެންގެ ދިފާއީ ނިޒާމަށް މާމުއި ވަރެއް ނޯންނާނެ އެވެ. އެއަށް ލުނބޯ އަދި އިނގުރު ފަދަ ބާވަތްތައް އެޅުމުން އާންމު ރޯގާ އާއި ފްލޫ ތަކުން މީހާ ސަލާމަތްކޮށްދެ އެވެ. މީގެ އިތުރުން ރީނދުލަކީ ދިވެހި ބަދިގެތަކުގައި ވެސް ނުހުރެ ނުދާނެ އެއްޗެކެވެ. ރީނދުލަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އާއި މިނަރަލް އެކުލެވެ އެއްޗެކެވެ. އަދި ލުނބޯއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗެކެވެ.

ބީޓްރޫޓް ޖޫސް

ބަލިވެ އުޅޭ އިރު އެންމެ ދަތިވާ އެއްކަމަކީ ގައިގައި ހަކަތަ ނެތުމެވެ. ބީޓްރޫޓުން މިކަމަށް ހައްލު ލިބި ހަށިގަނޑުގައި ވަރުޖައްސަން އެހީތެރިވާނެ އެވެ. ބީޓްރޫޓަކީ ލޯ ފެޓް، ވިޓަމިން ސީ އަދި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހުންނަ ތަރުކާރީ އެކެވެ. މީގެ އިތުރުން ވެސް ދަނގަޑުގެ މާއްދާ ހަށިގަނޑަށް ނަގައިގަންނަށް އެހީތެރިވެދީ ، ކެލްސިއަމް، ވިޓަމިން އޭ އަދި އަޔަން ވެސް ލިއްބައިދެ އެވެ. މި ހުރިހާ މާއްދާއެއް އެއްވުމުން ހަށިގަނޑަށް ހަކަތަ ލިބުމުގެ އިތުރަށް ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭނެ އެވެ.

މުރަވަކި ޖޫސް

ގޫސްބެރީ ނުވަތަ މުރަވަތްކަކީ ވެސް ދިފާއީ ނިޒާމަށް ހަމަ "މަރެކެވެ." މީގެ ތެރެއަށް އިނގުރު، މިންޓް އަދި ކޮރިއެންޑާ އަޅާލުމުން އިތުރަށް ފުރިހަމަވެގެންދާނެ އެވެ. ގޫސްބެރީ ގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވުމުގެ ސަބަބުން މިއީ ހުމާއި ރޯގާއިން މީހާ ރައްކާތެރިކޮށްދޭނެ އެވެ. މީގެ އިތުރުން ވެސް ދިފާއީ އިޖާބަ ވަރުގަދަ ކުރުމަށްޓަކައި ވައިޓް ބްލަޑް ސެލްސް އިތުރުކޮށްދިނުމަށް ވެސް އެހީވެ އެވެ.