ލޯކައިރި ކަޅުވުމަކީ ބައެއް ފަހަރު ހަމަ ނިދި ނުލިބުން ނުވަތަ މާ ބުރަކޮށް މަސައްކަތުގައި އުޅުމުން ކުރިމަތިވެދާނެ ކަމެކެވެ. މީގެ އިތުރުންވެސ އެލާޖީތަކުންވެސް މިކަން މެދުވެރި ކުރުވާއިރު މީހާ އުމުރުން ދުވަސް ވާވަރަކަށްވެސް މިފަދަ ކަންކަމާއ ކުރިމަތި ވެދާނެކަމަށް ސިއްހީ ދާއިރާގެ ތަޖްރިބާ ކާރުން ވަނީ ބުނެފަ އެވެ.

މިއީ ފަސޭހައިން ހައްލުކުރެވޭ ކަމަކަށް ނުވާއިރު މިކަމަށް ހުރި ބައެއް ފަރުވާތަކަކީ ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަންކަމެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ މިކަމުގެ ތަޖްރިބާ ކާރުން ބުނެފައިވާ ގޮތުން ނަމަ މިކަމަށް ހުރި އެންމެ ރަނގަޅު އެއް ފަރުވާއަކީ ރޭގަނޑު ނިދާއިރު ބޯދަށަށް އިތުރު ބާލީހެއް ލުމެވެ.

އޭގެ އިތުރުން އެކަމަށް އޮތް އިތުރު ފަރުވާއެއް ކަމަށް އެ ފަރާތްތަކުން ދެން ބުނެފައިވާ އަނެއް ކަމަކީ ހެނދުނު ފަސް ވަރަކަށް މިނެޓް ވަންދެން ގަނޑުފެން ނުވަތަ އައިސް ފެން ބޭނުން ކޮށްގެން ލޯކައިރި މަސާޖްކުރުމެވެ

މިއާއެކު ކެފެއިން ހިމެނޭ ލޮލުގެ ކްރީމްއެއް ބޭނުންކުރުމަކީ ވެސް މިކަމަށް އޮތް ހައްލެއް ކަމަށް ސިއްހީ މާހިރުންނާއި ހަމުގެ ޑޮކްޓަރުން ވިދާޅުވެ އެވެ..