ތިލަމާލެ ފަރަށް އެރި ބުރިޖު އެޅުމުގެ މަސައްކަތަށް ބޭނުންކުރަމުން އައި ޕްލެޓުފޯމް ބާރަ ދުވަސް ފަހުން މިއަދު ނަގައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ވިލިމާލެ ފަރަށް އަރާފައިވާ ޕްލެޓްފޯމު ނަގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޯންސްގެ ފަރާތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 16 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރި އެ ޕްލެޓްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ނެރުނު ކުރު ބަޔާނެއްގައި އެ ކުންފުނިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ ކަމަށެވެ.
އީޕީއޭއިން ބުނީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.
ޕްލޭނިން މިނިސްޓްރީން އެ މައްސަލައިގައި ބުނެފައި ވަނީ ޕްލެޓްފޯމް އޮޔާދިޔުމަށް މެދުވެރިވީ ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.
ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލާ ފަރާތްތަކުން އެކަމުގައި ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޕްލެޓްފޯމް ނެގުމަށް އެކަށީގެންވާ މަސައްކަތް އެފްކޮން ކުންފުނިން ނުކުރާކަމަށްވެސް އާއްމުން އެ ފަރާތްތަކުން ތުހުމަތު ކުރި އެވެ.
"ޑްރަގް ވިޔަފާރިކުރާ މީހާ މަރުވަންދެން އޮންނަންޖެހޭނީ ޖަލުގައި"
ފަތިސް ގަޑީގައި ހިނގާލަން ދިއުމުގެ ފައިދާތައް ވަރަށް ގިނަ!
ބައްޕަގެ ފިލްމެއް ރީމޭކްއެއް ނުކުރާނަން: އަބީޝޭކް