އެޕަލް ސިޑާ ވިނެގާ އަކީ އާފަލުގެ ދިޔައިން ތައްޔާރުކޮށްފައި ހުންނަ ކެއްކުމުގައި ވަރަށް އާއްމުކޮށް ބޭނުން ކުރެވޭ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ..

ގިނަ އަދަދަކަށް ވިޓަމިންސް އާއި އެންޑިއޮކްސިޑެންސް ހިމެނޭ މި ވިނެގާގައި އެކުލެވޭ އެސިޑް އަދި އަލްކެލައިންގެ ސަބަބުން ހަށިގަނޑުގަ ހުންނަ ނުރައްކާތެރި ޖަރާސީމުތައް މަދުކޮށްދެ އެވެ.

ހަށިގަނޑުގެ ޕީއެޗް ލެވެލް އެއް ހަމައެއްގައި ހިފަހައްޓައިދޭ މަދު ބުއިންތަކުގެ ތެރޭގައި އެޕަލް ސިޑާ ހިމެނޭއިރު މިއީ ބަރުދަން ފަސޭހައިން ލުއިކޮށްދޭ އެއްޗެއްވެސްމެ އެވެ.

އާދައިގެ ފެން ތައްޓެއް ތެރެއަށް އެއް މޭޒުމަތީ ސަމުސާ ލުނބޯ، އެޕަލް ސިޑާ އަދި މާމުތް އަޅާ ރަނގަޅަށް ގިރާލާށެވެ. އަދި ހެނދުނު ނާސްތާ ކުރުމުގެ 30 މިނެޓް ކުރިން ބޯލާށެވެ. މި ބުއިން ބޭނުން ކުރަމުން، ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތުކޮށްލުމުން ނަތީޖާ ފެނުން އަވަސް ވާނެ އެވެ.

އެޕަލް ސިޑާގައި އެސިޑިކް ލެވެލް މަތިވުމުގެ ސަބަބުން ފެނަށް ގިރުވައިގެން ބުއިމަށް ސިއްހީ މާހިރުން ލަފާދެ އެވެ. އަދި ރަހަ މީރުކޮށްލުމަށާއި އިތުރު ފައިދާތަކަށް ލުނބޯ އަދި މާމުއިތް އެޅުން ރަނގަޅު ކަމަށް އެމީހުން ބުނެ އެވެ.