ނިއުދިއްލީ (4 ޑިސެމްބަރު) - އިންޑިއާގައި ހުންނަ ކެނެޑާގެ އެމްބެސެޑަރު އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހުކުރު ދުވަހު ހާޒިރުކޮށްފި އެވެ.

ކެނެޑާގެ ސަފީރު ފޮރިންމިނިސްޓްރީ އަށް ހާޒިރުކޮށްފައިވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިންޑިއާގެ ދާހިލީކަންކަމާ ބެހިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

ކެނެޑާ ސަފީރު މިހަފްތާގައި، ކެނެޑާގައި ދިރިއުޅޭ އިންޑިއާގެ ދަރިފަސްކޮޅުގެ މީހުންނާއި ވާހަކަދައްކަވަމުން އިންޑިއާގެ ދަނޑުވެރިން މިހާރު ކުރަމުންދާ މުޒާހަރާ އާ ގުޅިގެން ކަންބޮޑުވެ ވަޑައިގަންނަވާކަމާއި އަދި ކެނެޑާއިން އަބަދުވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ތާއީދުކުރާނެ ކަމަށް ވިދާޅުފަ އެވެ. ކެނެޑާއަކީ ސިކިޒަމްގެ ބޮޑު އާބާދީއެއް ދިރުއުޅޭ ގައުމެކެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގައި މިހާރު ކުރަމުން އަންނަ އިޖްތިހާޖުތަކަކީ އިންޑިއާގެ އަމިއްލަ މައްސަލައެއް ކަމަށާއި، ކެނެޑާގެ ބޮޑުވަޒީރު އިޖްތިހާޖުކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމާއި އެކަމަކީ އިންޑިއާގެ ދާހިލީކަންކަމާއި ބެހުންކަމަށް ދެކޭ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި މިފަދަ ކަންކަން ތަކުރާރުވާނަމަ އިންޑިއާ އަދި ކެނެޑާގެ ގުޅުމަށް ސީރިއަސް ލޮޅުންތަކެއް އަރާފާނެ ކަމަށެވެ. ރޮއިޓާސް