މައިގްރޭންއަކީ އަހަރުމެންގެ މުޖުތަމައުގައި އެންމެ އާއްމު އެއް ބަލިކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މައިގްރޭން ރިހުންތަކަށް މެދުވެރިވާ ކިތަންމެ ކަމެއް ހުންނައިރު ކެއިން ބުއިން ބައްޓަންކުރާ ގޮތަކުން މައިގްރޭން ކޮންޓްރޯލް ކުރެވިދާނެ ކަމަށް ޑަކުޓަރުން ލަފާދެ އެވެ.

އެގޮތުން 2016ގައި ޔުނިވާސިޓީ އޮފް ސިނިނާތީ އެކެޑަމިކް ހެލްތު ސެންޓަރުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދަޅުގައި ބަންދުކޮށްފައި ހުންނަ އަދި ތައްޔާރީ ކާނާ ކެއުމުން މައިގްރޭންއަށް މަގުފަހިވެ އެވެ. އެހެން ކަމުން މިފަދަ ކެއުންތަކާ ދުރުވުން މުހިއްމެވެ.

ޑޮކްޓަރުން ފާހަގަކޮށްފައިވާ ގޮތުގައި މައިގްރޭން އަކީ ބޮޑެތި މީހުން އަދި ކުޑަކުދިންނަށް ވެސް އާންމު ބައްޔެކެވެ. ބައެއް ފަހަރު މައިގްރޭންގައި ބޮލަށް ތަދުވުން 72 ގަޑިއިރަށް ދެމިގެން ހިނގައިދާނެ ކަމަށް އެބޭފުޅުން ފާހަގަކޮށްފައިވެ އެވެ.

މައިގްރޭން ހުންނަ ނަމަ ގިނައިން ފެހިކުލަ ގަދަ ފަތާއި އެވޮކާޑޯ، ދޮންކެޔޮ، ސީފުޑް އަދި ތަރުކާރީ ކެއުމުން މައިގްރޭންއަށް ލުއި ލިއްބައިދޭ ކަމަށް އެންމެ ފަހުގެ ހޯދުންތަކުން ދައްކަ އެވެ.

އެއާއެކު ސޯޔާ ބީންސް އާއި ވައިޓް ބީންސް އަދި އަލްމަންޑްސް އަކީވެސް މައިގްރޭންއަށް ލުއި ގެނުވައިދޭނެ ބައެއް ކާނާ ތަކެވެ. މީގެ އިތުރުން ޗެރީ، ކްރޭންބެރީ، ޕިއާސް، ޕްރޫންސް އަކީ ވެސް މައިގްރޭން ރިހުންތަކުން ދުރުކޮށްދޭ ބައެއް މޭވާތަކެވެ.

އެހެން ނަމަވެސް އާފަލާއި ރޯ ދޮންކެޔޮ، ޕީޗް އަދި ޓޮމާޓޯ އަކީ މައިގްރޭން ހުންނަނަމަ ކެއުން ރަނގަޅު ކާނާއެއް ނޫން ކަމަށް ސިއްހީ މާހިރުން ލަފާދެ އެވެ.