ފެނަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާ ލިއްބައިދޭ ބުއިމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ފެން ތަށްޓެއް ބޯލުމުގެ ފައިދާ ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެކަމުން ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.

ހަންގަނޑު ރީތިވުން

ފެން ބުއިމުގެ ސަބަބުން ލޭގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެ އެވެ. ނަތީޖާއަކަށްވަނީ ހަންގަނޑުގެ ވިދުން އިތުރުކޮށްދީ ރީތިކޮށްދިނުމެވެ.

ބަރުދަން ލުއިކުރަން އެހީވުން

ރޭގަނޑު ފެން ބުއިމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް 25 ޕަސެންޓް އިތުރު ކޮށްދިނުމުގެ އިތުރުން ބަނޑުހައިވުން ވެސް ދުރުކޮށްދޭ ކަމެކެވެ.

ޖަރާސީމުތައް ނައްތާލައިދިނުން

ނިދުމުގެ ކުރިން ފެން ބޯނަމަ ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް ނައްތާލާނެ އެވެ. އެއާއެކު ހަށިގަނޑުގައި ލޭ ދައުރުކުރުން ވެސް އިތުރުކޮށްދެ އެވެ.

ބަލިތަކުން ދުރު ކޮށްދިނުން

ރޭގަނޑު ފެން ބުއިމުން ކެންސަރު، ކަރުތެރޭގެ ބަލިތައް، ލޮލުގެ މައްސަލަތައް ކިޑްނީގެ މައްސަލަތައް، އާތްރައިޓިސް، ބޭރަށް ހިންގުން އަދި ބޮލުގައި ރިއްސުން ފަދަ ބަލިތަކުން ދުރުކޮށްދޭނެ އެވެ.