ޖިމްގައި ވަރުގަދަ ވޯކްއައުޓެއް ޖެއްސުމަށްފަހު ޖެހިގެން އަންނަ ދުވަހު މަސްގުޅަ ކައިގެން ނުތެދުވެ އޮންނަން ޖެހޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ކެއުމަށް ބަދަލު ގެންނާށެވެ. މަސްގުޅަ ކެއުމުން ލުއެއް ލިބުމަށް އެހީވެދޭ ބައެއް ކެއުންތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

ދޮންކެޔޮ

ދޮންކޭލުގައި ޕޮޓޭސިއަމް ހުންނަކަން ގިނަ މީހުންނަށް އެނގޭނެ އެވެ. ދޮންކޭލުގައި މެގްނީޒިއަމް އާއި ކެލްސިއަމްވެސް ހިމެނެ އެވެ. މަސްގުޅަކެއުން ހުއްޓުވުމަށް ބޭނުންވާ މާއްދާތަކުގެ ތެރެއިން މިތިން މާއްދާ ދޮންކޭލުން ލިބެ އެވެ.

ކައްޓަލަ

ދޮންކޭލެކޭ އެއްފަދައިން ކައްޓަލައިންވެސް ޕޮޓޭސިއަމް، މެގްނީޒިއަމް އާއި ކެލްސިއަމް ލިބެ އެވެ. ނަަމަވެސް ކައްޓަލައިގައި މި މާއްދާތައް ހުންނަ މިންވަރު ދޮންކޭލަށްވުރެ ހަ ގުނަ އިތުރެވެ. އެހެންކަމުން ކެއުމުގައި ކައްޓަލަ ހިމެނުމަކީ މަސްގުޅަ ކެއުމަށް ލުއެއް ލިބިދޭނެ ކަމެކެވެ.

އެވަކާޑޯ

އެއް އެވަކާޑޯ އިން 975 މިލިގްރާމް ޕޮޓޭސިއަމް ލިބޭއިރު މިއީ ދޮންކޭލާއި ކައްޓަލައިން ލިބޭވަރަށް ވުރެ ދެގުނަ އިތުރު މިންވަރެކެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ހުންނަ މަސްތަކަށް އޭގެ ދައުރު އަދާ ކުރުމަށާއި ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާ އެކެވެ. އެހެންކަމުން މަސްގުޅަކެއުން ދުރުކުރުމަށް ކެއުމުގައި އެވޮކާޑޯ ހިމެނިދާނެ އެވެ.

ކަރާ

ކަރައެއްގެ 90 ޕަސެންޓަކީ ފެނެވެ. ކަރާ ޖޯޑަކުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ފެން ލިބޭނެ އެވެ. ކަރާގައި ވެސް ގިނަ އަދަދަކަށް ޕޮޓޭސިއަމްއާއި ކެލްސިއަމް އެކުލެވެ އެވެ.

ކިރު

ކިރަކީ ކެލްސިއަމް އާއި ޕޮޓޭސިއަމް އަދި ސޯޑިއަމް ލިބޭ ގުދްރަތީ ވަސީލަތެކެވެ. ކިރުން ކަަސްރަތު ކުރުމުން މަސްތަކުގައި ހުންނަ ޓިޝޫތަކަށް ލިބޭ ގެއްލުން ރަނގަޅުވެ އެވެ. އަދި ހަށިގަނޑަށް ފެން ވެސް ލިިއްބައިދެ އެވެ.

ފެހި ފަތްޕިލާވެލި

ފެހި ފަތުގައި ކެލްސިއަމް އާއި މެގްނީޒިއަމް ގިނަ އަދަދަކަށް ހުރެ އެވެ. ސްޕިނޭޗް އާއި ބްރޮކޮލީ ފަދަ ފެހި ބާވަތްތައް ކެއުމުގައި ހިމެނުމުން މަސްގުޅަ ކެއުމުން ދުރުކޮށްދެ އެވެ.