ބަރުދަން ލުއި ކުރުމަކީ އެހާ ފަސޭހަ ކަމެކޭ ނުބުނެވޭނެ އެވެ. ނަމަވެސް ރަނގަޅު އާދަތަކާއެކު އެއީ ވެސް ނުވާނެ ކަމެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ ބަރުދަން ލުއި ކުރަން މަސައްކަތް ކުރާއިރު ސަމާލުވާންވީ ބައެއް ކަންކަމަށެވެ.

ހަކުރު ބޭނުން ނުކުރުން

ހަކުރު ބޭނުން ކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއިވުމަށް ހުރި ހުރަހެކެވެ. ދެން ކުރާ ސުވާލަކީ ހަކުރު ބޭނުން ކުރުން ހުއްޓާލާނީ ކިހިނެތް ހެއްޔެވެ. ޖަވާބު މިއޮތީ އެވެ. ހެނދުުނު ގަޑީގައި ފައިބާ ސީރިއަލް ބޭނުންކުރާށެވެ. އަދި ކޮފީ ނުވަތަ ކިރު ތައްޓައް ހަކުރު ގެ ބަދަލުގައި ކިރިޔާ ފޮނިރަހަ ލާވަރަށް މާމުތް ބޭނުން ކުރާށެވެ. އަދި ޖޭމް ވެސް ބޭނުން ނުކުރާށެވެ.

މެންދުުރުގެ ކެއުން ރަނގަޅު ކުރުން

މެންދުުރުގެ ކެއުމަކީ މުހިއްމު ކެއުމެކެވެ. ގިނަ މީހުންނަށް މެންދުުރު ގިނައިން ކެވޭގޮތް ވަނީ މައްސައްކަތުގައި އުޅެފައި އައިސް ހުންނަ ބަރުބައްޔާ އެކު ވެފައި ހުންނަ ހައިކަން ފިލުވާލާށެވެ. ނަމަވެސް މެންދުރު މާގަދަ އަށް ކައިފިނަމަ ހެނދުނުގެ "ހެލްތީ ބްރެކްފާސްޓް" ބޭކާރު އެއްޗަކަށް ވީ އެވެ. އެގޮތުން މެންދުރު ތެޔޮ އެއްޗެއް ނުވަތަ ޗީޒް އެއްޗެްއްގެ ބަދަލުގައި ފެނުކައްކާފައި ހުރި ތަރުކަރީ، ނުވަތަ ސެލެޓެއް ބޭނުން ކުރާށެވެ.

ތެޔޮ ބޭނުން ކުރުން މަދު ކުރުން.

ކައްކާއިރު ގިނަ ކެއުންތަގުގައި ތެޔޮ ބޭނުން ކުރަން ޖެހެއެވެ. އެހެންނަމަވެސް ޑީޕް ފްރައި ކުރުމުގެ ބަދަލުގައި ކުޑަ ތެޔޮކޮޅެއް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ކާނާ ބޭނުން ކުރާށެވެ. ނިދުމުގެ 4 ގަޑީއިރު ކުރިން ކާށެވެ. އެކަމުން ބަރުދަން އިތުރުވުން ދުރުކޮށްދެ އެވެ.