ހިކި މޭބިސްކަދުރަކީ، ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނަ މީރު މޭވާ އެކެވެ. މިހާ ފަސޭހައިން ލިބެން ހުންނަ މި ކުޑަ ކުޑަ މޭވާއަކީ ސިއްހަތަށް ވެސް އޭގެ ސަބަބުން ހައިރާން ކުރުވަނިވި ފައިދާތަކެއް ވެސް ލިއްބައިދޭ މޭވާ އެކެވެ.
ބަނޑު ހަރުވުމަށް ހައްލެއް
ހިކި މޭބިސްކަދުރުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވެ އެވެ. އޭގެ ސަބަބުން އެއީ ބަނޑުހަރުވާ މައްސަލައަަށް ހައްލު ހޯދައިދޭ މޭވާ އެކެވެ. އެހެންކަމުން އާދަކޮށް ކޮންމެ ދުވަހަކު ވެސް ހިކި މޭބިސްކަދުރު ކެއުން ވަރަށް މުހިއްމެވެ.
އެނީމިއާއަށް ފަރުވާއެއް
ގިނަ އަދަދަކަށް އަޔަން ނުވަތަ ދަގަނޑު މާއްދާ އެކުލެވޭ ހިކި މޭބިސްކަދުރަކީ ލޭ މަދުވާ މައްސަލަ ނުވަތަ އެނީމިއާއަށް ވެސް ހުރި ފަރުވާ އެކެވެ. އަދި އާ ލޭ އުފެއްދުމަށް ބޭނުންވާ ވިޓަމިން ބީ ކޮމްޕުލެކްސްގެ ގިނަ މެމްބްރުންތަކެއް ވެސް މި މޭވާގައި އެކުލެވެ އެވެ. ހަމައެހެންމެ، ރެޑް ބުލަޑް ސެލް އުފެއްދުމަށް ބޭނުންވާ ކޮޕާ ވެސް މި މޭވާގައި އެކުލެވެ އެވެ.
އިސްތަށިގަނޑު ދުޅަހެޔޮކޮށްދޭ
އާދަކޮށް ކޮންމެ ދުވަހަކުވެސް ހިކި މޭބިސްކަދުރު ކެއުމަކީ އިސްތަށިގަނޑުގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭނެ ކަމެކެވެ. ހަމައެހެންމެ، އެ މޭވާގައި ހިމެނޭ އެންޓި އިފުލެމޭޓަރީ ޕުރޮޕަޓީސްގެ ސަބަބުން ބޮލުން ހަންފޮޅުމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދެ އެވެ.