ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އާ އޮފާއެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ "ސަޅި 2 ވީކްސް" ގެ މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު ފަސް ޖީބީގެ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެ ކަމަށެވެ.
ޖުމްލަ 70 ޖީބީ ލިބޭ މި "ސަޅި 2 ވީކްސް" އެޑްއޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ
"S1GB14"ކީވޯޑް ޖަހާފައި 343 އަށް އެސްއެމްއެސްއެއް ކޮށްގެންވެސް މި ޕްލޭން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން މިއަދު ބުނީ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު އާކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ އެވެ.
ޕީޖީ މުވައްޒަފުން އަންގާރައިގައި ގޭގައި މަސައްކަތް ކުރަނީ
ހޮރްމޫޒް ކަނޑުއޮޅީގެ ގަރާރު ޗައިނާއާއި ރަޝިޔާއިން ވީޓޯކޮށްފި
އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އީރާން މިރޭ ނެތިކޮށްލާނަން