ގަމިއްޔަތުގެ އަސާސް މިމިންވަރަށް ފުނޑިފައިވާ ގައުމީ ދުވަހެއް މިއިން ޒަމާނަކު ނުދެކޭ ކަމަށާއި ގައުމިއްޔަތު ދިފާއުކުރަން ތެދުވާން ވީވަގުތު މިއޮތީ ޖެހިއްޖެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.
މީގެ އިތުރުން ޑރ.ޖަމީލު މިއަދު ގައުމީ ބަތަލުން ދެއްކެވި ހިތްވަރުގަދަ އަޒުމު މިއަދު އާލާކުރަންޖެހޭކަމަށެވެ.
ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބޮޑު ތަކުރުފާނުގެ އަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.
"މިއަދު އާލާކުރަންވީ ގައުމީ ބަޠަލް ދެއްކެވި ހިތްވަރުގަދަ އަޒުމް. ގަމިއްޔަތުގެ އަސާސް މިމިންވަރަށް ފުނޑިފައިވާ ގައުމީ ދުވަހެއް މިއިން ޒަމާނަކު ނުދެކޭ.ބޮޑު ތަކުރުފާނުގެ އަޒުމް ދައްކަވާ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ގައުމިއްޔަތު ދިފާޢުކުރަން ތެދުވާން ވީވަގުތު މިއޮތީ ޖެހިފައި" ޑރ. ޖަމީލު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަސް ނިސްބަތްވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމަށެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ތިޔަހެން ކީމާ ނިމުނީތަ؟ ނުކުމެބަލަ.ޔާންޓޭ އަކަށް ނުވާނެ.ހައްލަކީ ޢުމަރު.