ކަސްރަތުގެ ގޮތުގައި ގަވާއިދުން ބަރު އުފުލުމަކީ އިންސާނާގެ އުމުރު ދިގުކޮށްދޭ ކަމެއް ކަމަށް މިފަހުން ހެދި ދިރާސާއަކުން ހާމަކޮށްފި އެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ވެސް "ޕަންޕިން އަޔަން" އަދި އެރޮބިކް ކަސްރަތުތައް ކުރުމަކީ އެންމެ ބޮޑަށް އުމުރު ދިގުވާ އެއް ގޮތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެމެރިކާގެ ކެންސަރު އިންސްޓިޓިއުޓުން ކުރި މި ދިރާސާގައި އުމުރުން 70 އަށްވުރެ މަތިވެފައިވާ 100،000 މީހުންގެ ބަރު އުފުލުމުގެ އާދަތައް ރެކޯޑު ކޮށްފައިވެ އެވެ.

މީގެ ތެރެއިން 23 ޕަސެންޓް މީހުން އެއްވެސް ބަރެއް ނުއުފުލާ ކަމަށް ބުނިއިރު 16 ޕަސެންޓް މީހުން ވަނީ ގަވާއިދުން ހަފްތާއަކު މަދުވެގެން އެއްފަހަރު ބަރު އުުފުލާ ކަމަށް ބުނެފަ އެވެ.

ނުވަ އަހަރު ފަހުން ހަމަ މި ދިރާސާގެ ދެެވަަނަ ބައި ކުރިއަށް ގެންދިޔައިރު ބައިވެރިންގެ ތެރެއިން 28،477 މީހުން ވަނީ މަރުވެފަ އެވެ.

މި ދިރާސާގައި ބުނެފައިވަނީ އާއްމުކޮށް ބަރުއުފުލާ އުޅޭނަމަ ފުރާނައަށް ނުރައްކާވާފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ނުވަ ޕަސެންޓް ދަށްކޮށްދޭ ކަމަށެވެ. އޭގެ ތެރޭގައި ހަކުރު ބައްޔާއި ހިތުގެ ބަލިތައް ހިމެނެ އެވެ.