ކަކުލުގައި ރިހުމަކީ ރަނގަޅު ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް މީހުންނަށް ހީވެފައި އޮވެ އެވެ.. އެހެން ނަމަވެސް ކުރީކޮޅު މިކަމަށް ސަމާލުކަން ދީގެން ފަރުވާ ކުރެވިއްޖެނަމަ މިއީ ގޭގައިވެސް ފަރުވާ ދެވިދާނެ ކަމެކެވެ. މިގޮތުން މިކަމަށް ގޭގައި ފަރުވާ ދެވިދާނެ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.

އެޕަލް ސައިޑާ ވިނެގާ

މިއީ ގިނަ ސިއްހީ މައްސަލަތައް ހައްލު ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެވެ. އެގޮތުން ކަކުލުގެ ރިހުމަށް ފަރުވާ ކުރުމަށްވެސް މިއީ ރަނގަޅު އެއްޗެކެވެ. އެގޮތުން ދެ ތަށި ފެނަށް ދެ ސަމުސާ ވިނެގާ އަޅައިގެން ދުވަހުގެ އެކި ފަރުމަތިން ބޯށެވެ. ނުވަތަ ހޫނުފެނަށް ދެ ޖޯޑު ވިނެގާ އަޅާ ކަކޫ ލައިގެން 30 މިނެޓް ވަންދެން އިންނާށެވެ.

އިނގުރު ސައި

ގޭގައިވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ އިނގުރު ސަޔަކީ ކަކޫ ދުޅަވުމުންނާއި ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދޭ އެއްޗެކެވެ. އިނގުރުގައި ހިމެނޭ އެންޓި-ފްލެމެންޓަރީ ޕްރޮޕަޓީގެ ސަބަބުން ދުޅަވުމާއި ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދެ އެވެ.

ލުނބޯ

ލުނބޯގައި ހިމެނޭ ކްރިޓިކް އެސިޑްގެ ސަބަބުން ހުޅުހުޅުގައި ހުންނަ ޔޫރިކް އެސިޑް ކްރިސްޓަލްސްތައް ނައްތާލަން އެހީތެރިވެދެ އެވެ. ލުނބޯ ފޮތި ކޮށްލުމަށްފަހު ތެޔޮ ފޮދަކުން ހޫނުކޮށް ފޮތި ކޮޅަކަށްލައި ރިހޭ ހިސާބުގައި އައްސާލަށެވެ. މިގޮތަށް ކޮންމެ ދުވަހު ދެ ފަހަރު ފޮތިކޮޅު އައްސައިގެން 5 މިނެޓާ 10 މިނެޓާ ދެމެދު މަޑުކޮށްލާށެވެ.