މިއަދުގެ ދިރިއުޅުމަށް ބަލާއިރު އަހަރުމެންނަކީ ދުވާލުެގެ ގިނި ވަގުތު އިށީނދެ އިނދެ ހޭދަކުރާ މީހުންނެވެ. އޮފީހުގަ އެވެ. ނުވަތަ ސްކޫލުގަ އެވެ. ކޮންމެވެސް ކަމެއްގައި އިށީނދެ އިންނަން ޖެހޭ ވަގުތުތައް ދަނީ އިތުރުވަމުންނެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިގޮތަށް ގިނައިރު އިށީނދެގެން ތިބޭ މީހުންނަށް ސިއްހީ ގިނަ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
އިށީނދެ އިނުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ހޯދަން ކުރި ދިރާސާއެއްގައި ބަސް ޑްރައިވަރުން ފަދަ އެއްތަނެއްގައި ގިނައިރު އިށީނދެ އިންނަން ޖެހޭ މީހުންނަށް ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑުކަމަށް ހޯދިފައިވެ އެވެ.
ގަވާއިދުން ކަސްރަތު ކުރާ މީހެއް ނަމަވެސް ދުވާލަކު ހަތް ގަޑިއިރު މެދުކެނޑުމެއްނެެތި އިށީނދެ އިންނަން ޖެހޭނަމަ މި ފުރުސަތު އޮންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް ގިނައިރު އިށީނދެ އިނުމަކީ ހަކުުރު ބައްޔާއި ލޭ މައްޗަށް ދިއުމުގެ އިތުރުން ކެންސަރު ފަދަ ނރައްކާތެރި ބަލިތަކަށް ވެސް މީހާ ހުށައަޅައިދޭ ކަމެކެވެ.
އެހެން ކަމުން ގިނައިރު އިށީނދެ އިންނަން ޖެހޭނަމަ ދޭތެރެއަކުން ތެދުވެ ދެމިލާ ކަސްރަތު ކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ.