ޕިއްޒާއަކީ އަހަރުމެންގެ ތެރޭގައި މިއަދު އާއްމު ކެއުމެކެވެ. އާއްމު ގޮތެއްގައި މިއީ ސިއްހަތަށް ގެއްލުންހުރި ކެއުމެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް އެ ހެދުމަށް ބޭނުންކުރެވޭ ރެސިޕީއެއްގެ ސަބަބުން އޭއިން ހަށިގަނޑަށް ފައިދާ ވެސް ލިބޭ ކަމަށް ތަޖްރިބާކަރުން ބުނެ އެވެ.
ޓޮމާޓޯ ސޯސް އަދި ޗީޒް ގިނައިން އަޅާފައި ހުންނަ ޕިއްޒާއަކީ ލޮނު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބަލައިގެން ކާ މީހުންނަށް އެދެވޭނެ ބާވަތެއް ނޫނެވެ. އެކަމަކު ޗީޒް އަދި ޓޮމާޓޯއިން ލިބިގެންދާ އެއް ފައިދާއަކީހަށިގަނޑަށް ކެލްސިއަމް ލިބިދިނުމާއި ބަލި ފެތުރުން ހުއްޓުވައިދިނުމަށް އެހީތެރިވެދޭ މާއްދާއެއް ކަމުގައިވާ ލައިސޮޕީންފަދަ މާއްދާތައްވެސް ހަށިގަނޑަށް ހޯދައިދިނުމެވެ.
އަދި ހޯލް ވީޓް ގްރެއިން ބޭނުންކޮށްގެން އުފައްދާފައި ހުންނަ ޕިއްޒާ ފުއްގަނޑަކީ އާދައިގެ ފުށުން ހަދާފައި ހުންނަ ފުއްގަނޑަށްވުރެން ސިއްހަތަށް ފައިދާކުރުވާ އެއްޗެކެވެ. މިގޮތުން މި ހޯލް ވީޓް ގްރެއިން ފުއްގަނޑުން ފައިބާގެ ބާވަތްތައް ހަށިގަނޑަށް ލިއްބައިދެ އެވެ. ވުމާއެކު ޕިއްޒާ އަކީވެސް އޭގެ ޒާތުގައި އޭގެން ހަށިގަނޑަށް ލިބިދޭ ގެއްލުމަށްވުރެން ފައިދާ ގިނަ އެއްޗެއް ކަމުގައި ބުނެވިދާނެ އެވެ.
މިކަން ހާސިލުކުރުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އޯޑަރުކުރާ ނުވަތަ ތައްޔާރުކުރާ ޕިއްޒާއަކަށް އަޅާ ކާއެއްޗިހި ނުވަތަ ރެސިޕީއަށް ބަލައިގެން ކެއުމެވެ.