އާއްމު ދިރިއުޅުމުގައި މާ އަވަހަށް ވަރުބަލި ވުމަކީ އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. އެކަމުގެ ސަބަބުން ކުރަން ހުރި މަސައްކަތްތަކަށް ވެސް ބުރޫ އަރާ ކަމެކެވެ. އެހެން ނަމަވެސް މި ވަރުބަލިކަމާއި މޯޅިކަން ފިލުވާލާނެ ދެތިން ގޮތެއް ހިއްސާކޮށްލާނަމެވެ.
ލުނބޯ ފަނި ބުއިން
ލުނބޯ ފަންޏަކީ ޢޭގައި އެތަކެއް ސިއްހީ ފައިދާއެއް އެކުލެވިގެންވާ އެއްކެވެ. އެއީ އޭގައި ގިނަ އަދަދެއްގެ ވިޓަމިންސް އަދި މިނަނަލްގެ ބާވަތްތަށް ހިމެނޭތީ އެވެ. އެެހެންކަމުން ލުނބޯއިން ފަނި ގިރައިގެން ބުއިމުން ހަށިގަނޑުގައި ވަރުޖެހި ހަށިގަނޑުން ވަރުބަލިކަން ފިލުވާދެ އެވެ.
އާފަލެއް ކާލުން
އާފަލަކީ ގިނަ އަދަދަކަށް ޕެކްޓިން އެކުލެވިގެންވާ އެއްޗެކެވެ. ޕެކްޓިން އަކީ ހަށިގަނޑުގައި އިތުރުވެފައި ހުންނަ ސަރުބީ އަދި ލޭގައި ހުންނަ ކޮލެސްޓްރޯލް މަދުކޮށްދޭ ފައިބާގެ ބާވަތެކެވެ. އެހެންކަމުން އާފަލު ކެއުމުން އަވަހަށް ހަށިގަނޑުން ވަރުބަލިކަން ފިލުވައިދެ އެވެ.
ހަމަނިދި ނިދުން
ހަމަނިދި ނިދުމަކީވެސް މީހާ ވަރުބަލިވާ މިންވަރު މަދުކޮށްދޭ ކަމެކެވެ. ހަމަނިދި ނިދުމުން ހަށިގަނޑުގެ ގުނަވަންތަކަށް އަރާމު ލިބި ހަށިގަނޑުގެ ގުނަވަންތައް، ހާއްސަކޮށް ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދެ އެވެ.