ފިޒީ ބުއިންތަކަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން އެންމެންނަށް ވެސް އެނގެ އެވެ.. ނަމަވެސް މިފަދަ ބުއިންތައް އާއްމުކޮް ބޭނުންކުރާ ކުޑަކުދިންގެ އުޅުމަށް ބަދަލު އަންނަކަން އެނގޭހެއްޔެވެ؟
މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާ ތަކުގައި ބުނެފައިވަނީ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ފިޒީ ބުއިންތައް ބޯ ކުދިންގެ ސިއްހަތަށް ގެއްލުން ވުމުގެ އިތުރުން އެކުދިންގެ މޫޑް ބަދަލުވެ ބޮޑާ ހާކާލެއް އިތުރުވާ ކަމަށެވެ.
ބައެއް ބެލެނިވެރިންގެ އާދަ ހުންނަ ގޮތުން ކުދިން ބޮޑާ ހާކާލާއިރަށް ކޮންމެވެސް ކަހަލަ ފިޒީ ބުއިމެއް ދެވެ އެވެ. މިއީ ދުރުވާން ވެއްޖެ އާދައެކެވެ. ސަބަބަކީ ނޭނގި ނަމަވެސް ދަރިފުޅުގެ ހިތްރުއްސުމުގެ ގޮތުން ކުރެވެނީ ދަރިފުޅުގެ ސިއްހަތަށާއި އުޅުމަށް އަސަރު ކުރާ ވަރުގެ ކަމަކަށްވާތީ އެވެ.
ކޮލަމްބިއާގެ ޔުނިވަސިޓީ އެއް ކަމަށްވާ މިލަމަން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ފިޒީ ބުއިންތައް އާންމުކޮށް ބޯކުދިން ބޮޑާ ހޭކުމުގެ އިތުރަށް ބަސް ނޭހުމާއި އެއްޗެހި ހަލާކުކޮށް އެހެންކުދިންނާ ތޮޅުން ވެސް އިތުރު ކަމަށެވެ.
އެ ދިރާސާ ބުނެފައިވާ ގޮތުން ކުދިންގެ އުޅުމުަށް ބަދަލު އަންނަނީ މިފަދަ ބުއިންތަކުގައި ހިމެނޭ ކާބަނޭޓެޑް ވޯޓާ އާއިި ކެފެއިން އާއި ސިޓްރިކް އެސިޑްގެ އިތުރުން ސޯޑިއަމް އާއި ފޮސްޕޮރިކް ފަދަ އެއްޗެހީގެ ސަބަބުންނެވެ.
ކެފެއިންގެ އަސަރު ކުރުމުން ކުދިންގެ ހޯމޯންސް އަށް ވަރަށް ބޮޑަށް ބަދަލު އަންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. އަދި މިއީ ކުދިންގެ ސިކުނޑި ހެދި ބޮޑުވާއިރު ވަރަށް ބޮޑަށް އަސަރު ކުރާ އެއް ކަންތައް ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.
ކުދިންގެ އުޅުމަށް ފިޒީ ބުއިންތަކުން އަސަރު ކުރުވާއިރު މިއީ ކުޑަ ކުދިން އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަަލައަށްވެސް މަގުފަހި ކުރުވާ އެއްޗެކެެވެ. އަދި ދަތްފަނި ކެއުމާއި ހަކުރު މައްޗަށް ދިއުންފަދަ ކަންތަކާއި ފިޒީ ބުއިންތަކާ ގުޅިފައިވެ އެވެ.
އެހެން ކަމުން ފިޒާ ބުއިންތަކުގެ ބަދަލުގައި ވީހާވެސް ބޮޑަށް ތާޒާމޭވާ އިން ތައްޔާރު ކޮށްފައިވާ ޖޫސްފަދަ އެއްޗެހި ކުދިންނަށް ދޭން އާދަ ކުރާށެވެ. އަދި މިއީ ކުދިންގެ ސިއްހަތާއި އެކުދިންގެ މުސްތަގުބަލަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ.