އާމަންޑްސްއަކީ ބަަދަނުގެ ތެރެއިން ވެސް އަގުބޮޑު ބާވަތެއްގެ ގޮތުގައި ބެލެވިފައި އޮންނަ ބާވަތެކެވެ. އެހެން ނަމަވެސް މިއީ އޭގެ އަގާ އެއްވަރަށް ސިއްހަތަށް ވެސް ފައިދާކުރާ ބާވަތެކެވެ.

އާމަންޑްގައި ވިޓަމިންސް އާއި މިނެރަލްސް އާއި ޕްރޮޓީން އަދި ފައިބާގެ ގިނަ އަދަދަކަށް އެކުލެވެ އެވެ. ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު، އާމަންޑްގެ ގޮށް މުށަކުން ލިބޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެންމެ މަތީ ފެންވަރުގެ ޕްރޮޓީން އާއި މެގްނީޒިއަމް އަދި ކޮޕާ އާއި ވިޓަމިން އީ މީގައި ގިނަ މިންވަރަކަށް ހިމެނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށް ވެސް އާމަންޑްހާ މޮޅު އެއްޗެއް ނެތެވެ. ކޮލެސްޓްރޯލް ދަށްކޮށް ހިތުގެ ބަލިތަކާ ދެކޮޅަށް ހަރަކާތްތެރި ވުމަށް ބޭނުންވާ ވިޓަމިން އީ ގިނަ އަދަދަކަށް އޭގައި ހިމެނުމަކީ ވެސް ގަވާއިދުން އާމަންޑް ކާ މީހުންނަށް އޮތް ފައިދާ އެކެވެ.

އާމަންޑްސްގެ އެހެން ފައިދާތަކަށް ބަލާއިރު އާމަންޑްގައި ހިމެނޭ ފޮސްފަރަސް އަކީ ހަށިގަނޑުގެ ކަށިތައް އަދި ދަތްތައް ވަރުގަދަކޮށް ދިނުމަށް މުހިންމު މާއްދާ އެކެވެ. ސިކުނޑީގެ ތާޒާކަން އިތުރުކޮށް ނާރުތަކާ ގުޅޭ ބަލިތަކަށް ވެސް ފަސޭހަ އެކެވެ. ހަމުގެ ބަލިތަކާއި ކެންސަރާ ދެކޮޅަށް ވެސް މުހިއްމެވެ. މާބަނޑު އަންހެނުންނަށް ވެސް މިއީ އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.

މިފަދަ ސަބަބުތަކަށްޓަފަނި އާމަންޑްގެ ހަގީގީ ފައިދާ ހޯދަން ބޭނުން ނަމަ ރޯ އާމަންޑަށް ސަމާލުކަންދޭން ތަޖުރިާކާރުން ލަފާދެ އެވެ.