ހެނދުނުގެ ވަގުތަކީ ގިނަ ބަޔަކު ވަޒީފާއަށް ނުވަތަ ކިޔެވުމަށް ދާ ވަގުތުކަމުގައި ވުމުން މިއީ ރަނގަޅަށް ސައި ބުއިމަށް ގިނަ މީހުންނަށް އުނދަގޫވާ ވަގުތެކެވެ. އެހެން ނަމަވެސް ވަރަށް ފަސޭހައިން މކަމަށް ހައްލެއް ގެނެސް ހެނދުނުގެ ނާސްތާގެ ފައިދާ ލިބިގަނެވިދާނެ އެވެ.

މިކަމަށް އޮތް ހައްލަކީ ހެނދުނު ނާސްތާގެ ގޮތުގައި ދޮންކެޔޮ ވަކަކާއި ފެނު ކައްކާފައިވާ ބިހެއް ކެއުން ކަމުގައި ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ލަފާދީފަ އެވެ.

މިއީ ތައްޔާރުކޮށްލުމަށް މާ ގިނަ ވަގުތުތަކެއް ބޭނުން ނުވާ ނާސްތާއަކަށްވާއިރު މިއީ އެހާމެ ފައިދާވެސް ހުރި ނާސްތާ އެކެވެ. އެގޮތުން މި ނާސްތާއަކީ ހެނދުނު ވަގުތުތަކުގައި މީހާގެ ހަށިގަނޑުން ނިދި ފިލުވައިލަދީ ބަނޑުހައި ހޫނުކަންވެސް ނައްތާލަދޭނެ ނާސްތާ އެކެވެ.

ހެނދުނު ނާސްތާގައި ދޮންކެޔޮ އަދި ބިސް ހިމެނުމުން ހަށިގަނޑަށް ޕޮޓޭސިއަމް، މެގްނީސިއަމް، ވިޓަމިން ސީ، ފޮސްފޮރަސް އަދި ފައިބާ ފަދަ އެތައް މުހިއްމު ފައިދާތަކެއް އެކުލެވޭ މާއްދާތަކެއް ލިއްބައިދެ އެވެ. މީގެ އިތުރުންވެސް ކެލްސިއަމް އަދި ވިޓަމިން ޑީވެސް މި ނާސްތާއިން ހަށިގަނޑަށް ލިއްބައިދޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

އެހެންނަމަވެސް ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭ މޭވާއަކަށް ވުމާއެކު ދޮންކެޔޮ ކެވޭ މިންވަރަށް ބަލައިގެން ނާސްތާ ކުރުމަށްވެސް މި ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެ އެވެ.

މި ނާސްތާއަކީ ހެނދުނު ގަޑީގައި ކަސްރަތުކުރުމުގެ ކުރިން ކެއުމަށްވެސް ވަރަށް ރަނގަޅު ނާސްތާ އެކެވެ.