ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 6.5 މިލިއަން ރުފިޔާގެ ކަރަންޓް ބިލް ދައްކާފައިނުވާތީ ސްޓެލްކޯއިން އެތަނުގެ ކަރަންޓް ކަނޑާލައިފި އެވެ.
ސްޓެލްކޯއިން ބުނީ އެފްއޭއެމް އިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސް ކޮށްފައިނުވާ ކަމަށެވެ.
އެހެންކަމުން އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް މިކުންފުނިން މިދަނީ ވިސްނަމުން،" ސްޓެލްކޯއިން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އެފްއޭއެމް އިން އަދި ވަކިއެއްޗެއް ނުބުނެއެވެ.
ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފި
ޖިންސީ ގޯނާގެ މައްސަލާގައި ސަނީ އުމަރު ހައްޔަރުކޮށްފި
ލަންކާ ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ
