މޮސްކޯ (27 އޮކްޓޯބަރު) މިހާރު ކުރިއަށްދާ ޔޫކުރެއިން ހަނގުރާމައިގައި އެމެރިކާ އާއި ހުޅަނގުން އެއްވެސް ގޮތަކަށް ބައިވެރިވާން އުޅޭނަމަ އެ ގައުމުތަކުގެ ސެޓެލައިޓްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ރަޝިއާ އިން ދީފި އެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަތް ވަނަ އަހަރު ޖައްވީ މިޝަން ފެށި ރަޝިއާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދަ އެއް ޖައްވީ މިޝަން ހިންގަމުން އަންނަ އެއް ގައުމެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ކޮޮންސްޓަންޓިން ވޮރޮންޓްސޯވް ވިދާޅުވީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ސެޓެލައިޓް ބޭނުން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެމެރިކާ އާއި ހުޅަނގުން ކުރަމުންދާ މަސައްކަތްތަކަކީ ޔޫކްރެއިންގެ ހާލަތު ގޯސްވާނެ ކަމެއް ކަމަށް ވޮރޮންޓްސޯވް ވަނީ ވިދާޅުވެފަ އެވެ.

އދ. ގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ އެމެރިކާ އާއި ހުޅަނގުން ޔޫކްރެއިން ހަނގުރާމައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ އެ ގައުމުތަކުގެ ސެޓަލައިޓްތަކަށް ހަމަލާދޭން ރަޝިއާ އިން ފަސްނުޖެހޭނެ ކަމަށެވެ.

ރަޝިއާ އިން ހަމަލާދޭނީ ކޮން ސެޓެލައިޓަކަށްކަން ހާމަކޮށްފައިނުވާއިރު އިލަން މަސްކުގެ ސްޕޭސް އެކްސްއިން ވަނީ ޔޫކްރެއިންއަށް ސްޓާލިންކް އިންޓަނެޓް ދޭން ތައްޔާރު ކަމަށް ބުނެފަ އެވެ. -- އަލް އަރަބިއްޔާ