އޮފީހުގައި އިންނަ އިރުވެސް ތާއްޔާ ޖެހެނީ އެވެ. ދެތިން ތަށި ކޮފީއަކުން ވެސް އަސަރެއް ނުކުރި އެވެ. މިއީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމުގެ ހައްލަކަށެވެ.

ދުވާލު ގަޑީގައި ނިދި އަންނަނަމަ ކޮފީ ނުވަތަ އެނާޖީ ބުއިނތަކުގެ ބަދަލުގައި ޕީނަޓް ބަޓާ ބޭނުން ކުރާށެވެ. އެކަމުން ލިބޭ ފައިދާތައް ގިނަ އެވެ.

ޕީނަޓް ބަޓާ ކެއުމުން ސިކުނޑިއަށް ފޯކަސްކުރުމުގެ ގާބިލްކަން ލިބެ އެވެ. އަދި ކުރާ ކަމެއް ރަނގަޅަށް ކޮށްލަން ފަސޭހަވެ އެވެ. ހެނދުނު ސަޔަށް ނުވަތަ މެންދުރު ކެއުމަށް ނުވަތަ ރޭގަނޑު ކެއުމަށް ވެސް ޕީނަޓް ބަޓާ ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ހަވީރު ސަޔަށް ވެސް ހަމަ ރަނގަޅުވާނެ އެވެ.

ޕީނަޓް ބަޓާގައި ކާބޮހައިޑްރޭޓްސް، ފެޓްސް، ޕްރޮޓީން އެކުލެވިގެން ވެއެވެ. މިއީ ހަކަތަ ލިބިދިނުމަށް ވަރަށް ރަނގަޅު ވަސީލަތަކަށް ވާތީ ސިކުނޑީގެ މަސައްކަތް ރަނގަޅު ކޮށްދެ އެވެ.

އޭގެ އިތުރުން ވެސް ޕީނަޓް ބަޓާއަކީ މީހާގެ ކަންނެތްކަން ފިލުވައިދީ ހީވާގި ކަމާއެކު ކުރަން ހުރި ކަންތައްތައް ނިންމާލަން އެހީވެދޭ ކެއުމެކެވެ.

އެހެން ކަމުން ދެން އޮފީހުގައި އިންނައިރު ނިދި އަންނަ ނަމަ ޕީނަޓް ބަޓާ ސޭންޑްވިޗެއް، ސްމޫތީއެއް، އެނާޖީ ބައިޓެއް ފަދަ އެއްޗެއް ކާލާށެވެ. ނިދި ފިލައި މޯޅިކަން ގޮސްދާނެ އެވެ.