ޕީނަޓް ބަޓާއަކީ އެންމެންގެ މެދުގައިވެސް ވަރަށް މަގުބޫލު ކާ އެއްޗެކެވެ. ބިސްކޯދާއިއެކު ނުވަތަ ޕާނާއިއެކުގައިވެސް ޕީނަޓް ބަޓާއަކީ ގިނަ ބަޔަކު ކެއުމަށް ވަރަށް ލޯބިކުރާ އެއްޗެކެވެ.
ޕީނަޓް ބަޓާއިން ލިބޭ ފައިދާތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޕީނަޓް ބަޓާގެ ސަބަބުން މީހާ އުމުރު ދިގު ކޮށްދޭ ކަމަށް 2015 ވަނަ އަހަރު ވެންޑާބިލްޓް ޔުނިވާސިޓީއިން ކުރި ދިރާސާއަކުން ދައްކުވައިދިން ދިނުމެވެ.
ޕީނަޓް ބަޓާގެ އެންމެ މުހިންމު މާއްދާ ކަމަށްވާ ނަޓްސް ކެއުމުގައި ހިމެނުމުން މީހާ އަށް ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ދަށް ކޮށްދޭކަމަށް އެދިރާސާގައި ވަނީ ދައްކުވައިދީފަ އެވެ.
ހަކުރުބަލި ފަދަ ބަލިތަކުންވެސް ޕީނަޓް ބަޓާރގެ ސަބަބުން މީހާ ރައްކާތެރިކޮށްދޭއިރު ޕީނަޓް ބަޓާއަކީ ކޮންމެ ވަގުތެއްގައިވެސް ކައިފިނަމަ ފަސޭހައިން ގިނަ ވަގުތުތަކެއް ވަންދެން ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދޭ އެއްޗެކެވެ. ބަރުދަން ލުއިކޮށްދޭ ބައެއް ބާވަތުގެ ޕީނަޓް ބަޓާ ހުންނަ އިރު އެއީ ހަށިގަނޑުގައި އަވަސް ގޮތެއްގައި ވަރުޖައްސައިދޭ އެއްޗެއް ވެސްމެ އެވެ.
ޕީނަޓް ބަޓާ އަކީ މިގޮތުން ކަސްރަތު ކުރާ މީހުންގެ މެދުގައި އާންމުކޮށް އަމިއްލައަށް އުފައްދައިގެން ބޭނުންކުރެވޭ އެކި ކަހަލަ ބުއިންތަކުގައިވެސް ބޭނުންކުރެވޭ އެއްޗެކެވެ.
މި ހުރިހާ ކަމެއްގެ އިތުރުން ޕީނަޓް ބަޓާ އަކީ އެއިން މީހާގެ ސިކުނޑިވެސް ތަނަވަސްކޮށްދޭ އެއްޗެއް ކަމަށް ވެސްް ބައެއް ދިރާސާތަކުން ވަނީ ދައްކުވައިދީފަ އެވެ.