ބީޓުރޫޓް ޖޫހަކީ ދިވެހިންގެ ތެރޭގައި މާ އާއްމު އެއްޗަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް އެއީ ސިއްހަތަށް ވަރަށް ވެސް ފައިދާ ހުރި ހަމައެހައިމެ މީރު ބުއިމެކެވެ.

ދިރާސާ އަކުން ދެއްކި ގޮތުގައި ގިނަ އަދަދަކަށް ނައިޓްރޭޓް އެކުލެވޭ ބީޓު ރޫޓަކީ ލޭ މައްޗަށް ދިއުން ކޮންޓުރޯލް ކޮށްދޭ އެއްޗެކެވެ. އަދި ލިވާގެ ދުޅަހެޔޮކަމަށް މުހިއްމު މާއްދާތައް ކަމަށްވާ ކެލްސިއަމް ބެޓަނިން، ވިޓަމިން ބީ އާއި ދަގަނޑުގެ ބައި އަދި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ވެސް އެ ތަރުކާރީގައި އެކުލެވެ އެވެ.

އޭގެ އިތުރުން ބީޓު ރޫޓަކީ ހަމުގެ ދުޅަހެޔޮކަމަށް ވެސް ވަރަށް ރަނގަޅު ތަރުކާރީ އެކެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އާދަކޮށް ބީޓު ރޫޓޫގެ ޖޫސް ބޯ ނަމަ، ހަންގަނޑުގައި ރޫ ޖެހުމާއި މޫނުން ބިހި ނެހުން ކުޑަކޮށްދޭނެ އެވެ.

ހަމައެހެންމެ، ބީޓުރޫޓަކީ ގިނަ އަދަދަކަށް ދަގަނޑުގެ ބައި އެކުލެވޭ އެއްޗެއްކަމުން، ލޭގައި ދަގަނޑުގެ ބައި މީހުންނަށް ވެސް އެއީ ވަރަށް ވެސް ރަނގަޅު ތަރުކާރީ އެކެވެ. އަދި މައްސަރު ކަންތަކުގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ ވޭން ކުޑަކުރުމަށް ވެސް ބީޓުރޫޓު އެހީތެރިވެދޭ ކަމަށްވެ އެވެ.

އެހެންކަމުން، މި ހުރިހާ ކަމަކަށް ފަރުވާ ކުރުމަށް ކޮންމެ ދުވަހަކު ވެސް ބީޓު ޖޫސް ތަށްޓެއް ބޯން އާދަކުރަން ރަނގަޅުވާނެ އެވެ.